ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރުގެ ވާހަކަތަކާއި ޑްރައިވަރުންގެ ވާހަކަތަކާއި ދިމައެއްނުވި!

ފޮޓޯ: ހަލިނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ހާލަތާއިއެކު ގިނަ ބައެއްގެ ވަޒީފަތައް ގެއްލި އާމްދަނީ ލިބުން ހުއްޓުމަކަށް އައިސްފައިވާއިރު މީގެ ތެރެއިން ވެސް މިހާލަތުގައި އެންމެ ފަހަގަކުރެވެނީ ފްރީ ލާންސަރުން ނުވަތަ އަމިއްލަމަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުންނެވެ. ފްރީލާންސަރުންނޭ ބުނުމުން އެއީ ހަމައެކަނި މިޔުޒިޝަނުން ނުވަތަ އާޓިސްޓުންނޭ ހީވެފައި އޮތަަސް މިއީ އެއަށްވުރެ ފުޅާ ދާއިރާއެކެވެ.

މިޔުޒިޝަނުންނާއި އާޓިސްޓުންގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ މީހުންނަކީވެސް ފްރީލާންސަރުންނެވެ. ޑްރައިވަރުންގެ ޝަކުވާތަކުގެ ވާހަކައަކީ، ޚާއްސަކޮށް ޓެކްސީ ޑްރައިވަރުންގެ ވާހަކައަކީ މެދުކެނޑުމެއްނެތި އިވެމުން އަންނަ ވާހަކަތަކެވެ. މިފުރަބަންދުގެ ހާލަތާއި ގުޅިގެން ޑްރައިވަރުންގެ މަސައްކަތްތަށް ވަރަށް ބޮޑުތަނުން ހުއްޓިފައިވާއިރު، ޓްރާންސްޕޯޓް ވޯކަރސް ޔުނިއަން އޮފް މޯލްޑިވްސްއިން ވަނީ މިވާހަކަތައް ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަމައަށް ފޯރުކޯށްދެވޭތޯ މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް، މިކަމަށް މިނިސްޓްރީގެ އެންމެ އެދެވޭ ތަރުހީބެއް ލިބިފައިނުވާކަމަށް އެޔުނިއަނުން ހާމަކުރެއެވެ. އަދި ދާދި ފަހުން މިނިސްޓަރ ނަހުލާއާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ބައެއް އިސްވެރިން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކުރެއްވުމުން އެބެފުޅުން ދައްކަވާފައިވަނީ ހުސް ހަގީގަތާއި ޚިލާފް ދޮގު ވާހަކަތަކެއް ކަމަަށް އެޔޫނިއަނުން ބުނެއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރ ނަހުލާއާއި މިނިސްޓްރީގެ ބައެއް އިސްވެރިން ވަނީ ޑްރައިވަރުންގެ ވާހަކަތައް އަޑުއައްސަވާ ކަމަށާއި ފުރަބަންދަށް ދިޔުމުގެ ކުރިންވެސް ޓެކްސީ ޑްރައިވަރުްނނާއި ދެބުރަކަސް ބައްދަލުކުރައްވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަަކަށް ޖަވާބު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އަލީ ޒުބެއިރު ވަނީ ކޮންމެ ބައްދަުލވުމެއްގައިވެސް ޑްރައިވަރުން ބޭނުންވާ ކަންކަން އޮޅުން ފިލުވާ ކަމަށާއި އަދި ސަރުކާރުން ފޯރުކޮށްދޭ ރިލީފް ޕެކޭޖުގައި ޑްރައިވަރުން ހިމެނުމަށް ހުށައަޅާފައިނުވާކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ޓެކްސީ ޑްރައިވަރުން ހުށައަޅާފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ސެނިޓައިޒާ އަދި މާސްކު ފަދަ ތަކެތި ފޯރުކޮށްދިނުމަށް ކަމަށާއި އެކަން ކޮށްދީފައިވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރުގެ އިތުރަށް މިނިސްޓްރީގެ އެހެން ބޭފުޅުންވެސް ހައްދަވާފައިވަނީ އިތުރުފުޅުކަން ހާމަކޮށް ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިނިސްޓްރީއާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވިފައިވާއިރު ކޮންމެ ބައްދަލުވުމެއްގައިވެސް ރިލީފް ޕެކޭޖުގައި ޑްރައިވަރުން ބައިވެރިކޮށްދިނުމަށް އެދި ހުށައަޅާފައިވާ ކަމަށެވެ. މީގެ އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްދިނުމަށް މާސްކް އަދި ސެނިޓައިޒާފަދަ ތަކެތި ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވެފައިވީނަމަވެސް، އެކަންވެސް ކޮށްދީފައިނުވާނެކަމަށް ޔުނިއަނުގެ ބަޔާނުގައި ވަނި ބުނެފައެވެ.

https://twitter.com/Twumaldives/status/1269286720639508480

ފުރަބަންދުގެ ހާލަތުގެ ކުރިން ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް ޑްރައިވަރުންގެ ޖަމިއްޔާއިންވެސް އެއްބަސްވެއެވެ. އެހެންނަމަވެސް، އޭގެ ތެރެއިން މިނިސްޓްރީން ބޭނުންވެގެން ބާއްވާފައިވަނީ އެންމެ ބައްދަލުވުމެއްކަމަށް ޔޫނިއަނުން ބުނެއެވެ. އަދި އެބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކަރަންޓީން ނިންމުމަށްފަހު މާލެއަށް ގެންްނަ މީހުންގެ ދަތުރުފަތުރުކުރުމުގެ ކަންކަން ކުރުމަށް ގިނަ ޑްރައިވަރުން ފަސްޖެހެމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ. އަދި މިނިސްޓްރީގެ އެއެދުމުގެ މަތިން އެކަންވެސް ސެންޓަރުތަކުން ކޮށްދީފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ ފަހުންވެސް، ގިނަ ބައްދަލުވުންތަކެއް ބޭއްވިފައިވާއިރު، މާސްކް އަދި ސެނިޓައިޒާ ފަދަ ތަކެތި ފޯރުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ރިލީފް ލޯނަށް ހުށައެޅޭނެގޮތް މަގުފަހިކޮށްދިނުމަށް މިނިސްޓްރީގެ ކިބައިން އެދިފައިވާނެކަމަށާއި، އެހެންނަމަވެސް އެލޯނަށް ހުށައެޅުމަށް ޑްރައިވަރުންގެ ޝަރުތު ފުރިހަމަނުވާކަމަށް ވިދާޅުވެފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

https://twitter.com/MoTCAmv/status/1269323882047168512

ކޮމިޓީގައި މިނިސްޓްރީގެ ބޭފުޅުން ދެއްކި ވާހަކަތަކާއި ޑްރައިވަރުންގެ ވާހަކަތަކާއި ދިމާނުވާއިރު، ޑްރައިވަރުންގެ މިފަދަ ޝަކުވާތައް ނޫސްވެރިންވެސް ވަނީ އެކި ފަހަރުމަތިން ކަމާއި ގުޅުންހުރި އިދާރާތަކާއި ހިއްސާކުރައްވާފައެވެ. ކޮވިޑް-19އާއި ގުޅިގެން ސަރުކާރުން ކަނޑައަޅާ ބައެއް އުސޫލުތައް ހަރުދަނާ ނޫންކަމަށް ބުނެ ބައެއް އާންމުން ވާހަކަ ދައްކަމުންދާއިރު، މިއީ އަނެއްކާވެސް އިތުރަށް ސަރުކާރުގެ ސިޔާސަތުތަަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާނެ ކަމެއް ކަަމަށް ލަފާކުރެވެއެވެ.

ޑްރައިވަރުންގެ ޝަކުވާތަކަކީ ނިމުމެއް ނެތް ޝަކުވާތަކެކެވެ. ޑްރައިވަރުންގެ ޒަމާންވީ ޝަކުވާތަކަށް އެދެވޭ ހައްލެއް މިވީހާތަނަށް ދުވަހަކުވެސް ލިބިފައިނުވާއިރު، މިއީ އަނެއްކާވެސް އެފައްޗަށް އިތުރުވާނެ ބޮޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: