ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކޯލިޝަނުން ޕީޖީއަށް: މެންބަރު ޝިޔާމަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައިގެ ތަޙުޤީޤު ވީހާވެސް ގާތުން ބައްލަވައިދެއްވާ

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައިގެ ތަޙުޤީޤަކީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ތަޙުޤީޤެއްކަން ކަށަވަރުކުރުމުގެ ގޮތުން، އެ ތަޙުޤީގު ކުރިއަށްދާގޮތް ވީހާވެސް ގާތުން ބައްލަވައިދިނުމަށްއެދި އިދިކޮޅު ކޯލިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ދަންނަވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ދަންނަވާފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްއަށް މިއަދު ފޮނުވި ސިޓީއެއްގައެވެ.

މި ގޮތުން އެ ސިޓީގައި އިދިކޮޅު ކޯލިޝަނުން ބުނީ، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި، ޖޫންމަހުގެ 02 ވަނަ ދުވަހުގެ 01:30 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ގަވާއިދާއި ޚިލާފުވެ، އެ މަނިކުފާނުގެ އެންގެވުމަށް، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައާއި ބެހޭގޮތުން މީގެ ކުރިން ވެސް ދަންނަވާފައިވާނޭކަމަށެވެ.

އަދި ރައީސް ނަޝީދަށާއި، އެ ޢަމަލުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކޮށް ޖިނާޢީ މައްސަލައެއްގެގޮތުގައި ފިޔަވަޅު އަޅުއްވައިދެއްވުމަށްއެދި ކަމާބެހޭ މުއައްސަސާތަކަށް އަމުރުކޮށްދެއްވުމަށް ވެސް ދަންނަވާފައިވާނެކަމަށް ވެސް ސިޓީގައި ވެއެވެ.

މި ގޮތުން، އެ ސިޓީގެ ޖަވާބުގައި، ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް، އެ މައްސަލައިގެ ޖިނާއީ ތަޙުޤީޤު ފުލުހުން ފަށްޓަވާފައިވާކަމާއި، މައްސަލައިގެ ރިފަރެންސް ނަންބަރ ހިއްސާކުރައްވާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

އެހެންކަމުން ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤަކީ، ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ތަޙުޤީޤެއްކަން ކަށަވަރުކުރުމުގެ ގޮތުން، އެ ތަޙުޤީގު ކުރިއަށްދާގޮތް ވީހާވެސް ގާތުން ބައްލަވައިދިނުމަށް އެދޭކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: