ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ ޑީލް ގެންދަނީ ސިއްރިއްޔާތުގައި، މިއީ އޮޅުވާލުމެއް: މާރިޔާ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބިންތަކާ މެދު ގޮތް ނިންމުމުގެ ބާރު އޮތީ ރައްޔިތުންނަށް ކަމަށާއި، ރަސްމާލެއިން ބިން ދިނުމުގެ މައްސަލައިގައި ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ އީގަލް ހިލްސްއިން ރަސްމާލޭގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓާއި ގުޅޭ ރިފެރެންޑަމްއަށް ގޮވާލައި އިދިކޮޅު އެމްޑީޕީ މިރޭ ކުރިޔަށް ގެންދިޔަ ”އަހާބަލަ“ އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ، ރާއްޖެއަށް ބޮޑު އިންވެސްޓްމަންޓެއް ގެންނަން އުޅޭއިރު، އެކަމާ ގުޅޭ ތަފްސީލުތައް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ދެއްކެވި މެނިފެސްޓޯގައި ރާއްޖޭގެ ފަސްގަނޑުން ވެލިފުކެއްގެ މިންވަރުވެސް ބޭރުގެ ފަރާތަކަށް ނުދޭނެ ކަމަށް ވިދާޅުވެ، މިއަދު ދައްކަވަނީ މުޅިން އެހެން ވާހަކައެއްކަމަށް މާރިޔާ ވިދާޅުވި އެވެ.

ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތަކާއި އެއްބަސްވުންތަކުގެ ކަންކަން ރައްޔިތުންނަށް ސިއްރުން ނޭނގުމެއްގެ ތެރޭގައި ކުރިއަށްގެންދަނީ ސުވާލު އުފެދޭ ކަމަށެވެ. މިރޭގެ އެއްވުމުގައި މާރިޔާ ވިދާޅުވީ ވެރިކަން ކުރަން ހަވާލުކުރަނީ ޤާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރުމަށްކަމަށާއި، ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމެއް ކަމަށެވެ. އަދި ރާއްޖެއަށް ގެންނަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ނުކެރިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.

ނޭނގުމެއްގެ ތެރޭގައި ކަންކަމެއް ކުރަން މި އުޅެނީ ކީއްވެހޭ؟ ރައްޔިތުންނަށް އެހާ ފައިސާ ބޮޑުކަމެއް ވެއްޖެއްޔާ ބުނެދޭން ނުކެރިގެން މި އުޅެނީ ކީއްވެކަން އެ ބޮޑު އިންވެސްޓްމަންޓް މި ރާއްޖެއަށް ގެންނަން މި ޖެހެނީ. ވީ ހަމަ ހައްތާ ވެސް އަޅުގަނޑުމެންނަށް އަންނަ ސުވާލު. ބޮޑެތި ސުވާލު.

މާރިޔާ އިތުރަށް ފާހަގަކުރެއްވީ، ޤާނޫނުއަސާސީގައި ރާއްޖޭގެ ބިން ދާއިމަށް ދެވޭނެ އެއްވެސް ގޮތެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި ރާއްޖޭގެ ފަސްގަނޑުން ވެލިފުކެއް ވެސް ބޭރުގެ ފަރާތަކަށް ނުދޭނެ ކަމަށް ވިދާޅުވެ، މިއަދު ފެންނަނީ އެއާ މުޅިން ޚިލާފަށް ކަންކަން ކުރައްވާ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ބިމާ މެދު ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބަސް ހޯދަންޖެހޭނެ ކަމަށާއި، އެފަދަ ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެކަމަށް މާރިޔާ ވިދާޅުވިއެވެ. މިހާރު ކޮންމެ އެއްޗެއްގައި ސޮއިކުރެއްވި ނަމަވެސް، 2028 ވަނަ އަހަރު ރައްޔިތުން އެކަމަށް އިންކާރުކުރާނެކަމަށާއި، ރައްޔިތުން ގާތުގައި ކަންކަން އަހަން ނުކެރޭ ވެރިން ވެރިކަމުގައި ނުބައިތިއްބާނެކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

މާރިޔާ ވަނީ މިކަންކަމާ ދެކޮޅަށް ރައްޔިތުންގެ ވޯޓަކަށް ދިއުމަށާއި، ޕެޓިޝަންތައް ހުށަހެޅުމަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ. އަދި ސަރުކާރުން މިހާ ބޮޑު ސިއްރިއްޔާތެއްގެ ތެރޭގައި އަދި މިހާ ބާރު ދުވެއްޔެއްގައި ކުރިއަށްގެންދަން މިއުޅެނީ ކޮން ކަމެއްތޯ ރައްޔިތުންނަށް ސާފުވާންޖެހޭނެކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: