މިއަދުން ފެށިގެން ކޮންމެދުވަހަކުވެސް ވޯކް ވިސާއަށް ހުށަހެޅޭނެ ކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ބުނެފިއެވެ.
އިމިގުރޭޝަނުން މިއަދު ބުނީ، 24 ގަޑިއިރުގައި ވޯކް ވިސާއަށް އެދި ހުށަހެޅުމުގެ ޚިދުމަތްތައް މިހާރު ހަމަޖައްސާފައިވާކަމަށެެެެވެ.
ނަމަވެސް ވިސާ ޖެހުމަށްޓަކައި ޕާސްޕޯޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓް ދޫކުރާނީ، ޢާންމު ޚިދުމަތްތައް ދިނުމަށްޓަކައި ސަރުކާރު އޮފީސްތައް ހުޅުވަން ހުއްދަ ލިބުމުން ކަމަށެވެ.
އިމިގުރޭޝަނުން ބުނީ، ބިދޭސީ މަސައްކަތްތެރިން، ރާއްޖެ އެތެރެވުމަށްފަހު، އެންމެ ފުރަތަމަ ދައްކާ ވިސާ ފީ ޕޭމަންޓް އޮންލައިންކޮށް ވެސް މިހާރު ދެއްކޭނެގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
މީގެ އިތުރުން، ވިސާގެ ހުރިހައި ކަމެއް ވެސް މިހާރު އޮންލައިން ކުރެވިފައިވާކަމަށް އިމިގުރޭޝަނުން ބުނެއެވެ.

