ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުލުސްދޫގައި އަލަށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ސްޓެލްކޯއިން ފަށައިފި

އަލަށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި، ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.‏ތުލުސްދޫގައި އަލަށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ސްޓެލްކޯއިން މިއަދު ފަށައިފިއެވެ.

މި ކަން ހާމަކޮށް، ސްޓެލްކޯއިން ބުނީ، ‏ތުލުސްދޫގައި އަލަށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މި މަސަައްކަތްތައް ނިމުމާއެކު، އެ ސަރަހައްދު އާބާދުވެގެން އަންނައިރުގައި، ކަރަންޓުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށެވެ.

ތުލުސްދޫގައި އަލަށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ސްޓެލްކޯއިން ކުރަމުން އަންނައިރު، އެ ކުންފުނިން މިއަދު ދަނީ،‏ގުޅީފަޅުގެ އަލަށް ފްލެޓް އަޅާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އަދި ކޮންޓްރޯލް ކޭބަލް ކަނެކްޝަނުގެ މަސައްކަތް ކުރިޔަށްދާކަމަށާއި، ގުޅީފަޅުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: