ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ކަމަކަށް ވޯޓުނެގުމަކީ ދިވެހިންގެ ސަގާފަތެއް ނޫން: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ވިޔަފާރި މަޝްރޫއަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަކީ ރާއްޖޭގެ ސަގާފަތެއް ނޫން ކަމަށާއި، އެގޮތަށް އަމަލުކުރަން ފަށައިފިނަމަ އެއްވެސް ކަމެއް ނުނިމޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ، ސަރުކާރުން ޔުނައިނެޓް އަރަބް އެމިރޭޓްސް އޫއޭއީގެ އީގަލް ހިލްސްއާއި އެކު ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުއާއި ގުޅޭގޮތުން އާންމުންނަށް އަދި ސަރުކާރުން ބްރީފިންއެއް ދީފައި ނުވާ ކަމަށާއި، އެގްރީމެންޓެއްގައިވެސް އަދި ސޮއިކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ގައުމަށް އެއްވެސް ފައިދާއެއް ނުވާ ގޮތަކަށް އެވަރުގެ ބޮޑު ޕްރޮޖެކްޓެއް ނުހިންގާނެ ކަމަށާއި، ގައުމުގައި ހިންގާ ކޮންމެ މަޝްރޫޢުއެއްގައި ރައްޔިތުންގެ ހިޔާލު ހޯދަންނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނަގަންޖެހޭ ހާލަތްތަކާއި ގޮތްތައް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ، އެކަންކަން ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

މިއަދު ރާއްޖޭގައި އޮތީ ރައްޔިތުން ވޯޓުދީގެން އިންތިޚާބުކޮށްފައިވާ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހެއް ކަމަށާއި، ކޮންމެ ވިޔަފާރި މަޝްރޫއަކަށް ރައްޔިތުންގެ ކައިރިއަށް ޚިޔާލު ހޯދަން ދާން ނުޖެހޭނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އަދި އެހެން ހަދަން ފަށައިފިނަމަ ގައުމުގައި އެއްވެސް ކަމެއް ނުނިންމޭނެ ކަމަށާއި، ރިސޯޓުތަކާއި ބިންތައް ކުއްޔަށް ދިނުމާއި، ރާއްޖޭގައި އެތައް މަޝްރޫއުތަކެއް ހިނގަމުންދާއިރު، ކޮންމެ ކަމަކަށް ވޯޓު ނެގުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ އުސޫލެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

”ރާއްޖޭގައި ކޮންމެ ވިޔަފާރި ޕްރޮޖެކްޓެއް ހިންގަން ނުޖެހޭނެ ރައްޔިތުންގެ ހިޔާލު ހޯދަންދާކަށް. އޭރުން ދިވަހަކުވެސް އެއްކަމެއް ނުވެއް ނިމޭނެއެއްނު. ދެން ކިހިނެއް މިތާ ކަމެއް ކުރަނީ؟ ޖާބިރު ވިދާޅުވިއެވެ.

މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިރުވެސް ކޮންމެ ޕްރޮޖެކްޓަކަށް ރިފަރެންޑަމަކަށް ދާންޖެހޭ ވާހަކައެއް އަޑުއައްސަވާފައި ނުވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީން ރާއްޖޭގައި މިނިވަން ވިޔަފާރި ކުރުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ދީފައިވާއިރު، ބޭރުގެ ފަރާތްތަކާ ގުޅިގެން ވިޔަފާރި ކުރުމުގެ ހުއްދަ ސަރުކާރަށް ވެސް ލިބިގެންވެއެވެ.

”އަޅުގަނޑުމެންގެ ސަގާފަތެއްނޫން ކޮންމެ ކަމަކަށް ވޯޓުނެގުން. ކޮންމެ ޕްރޮޖެކްޓަކަށް ރިފަރެންޑަމަކަށް ދާންޖެހޭ ވާހަކައެއް އަޅުގަނޑު އެއްގޮތަކަށްވެސް އަޑެއް ނާހަން ، ދެން މިހާރު ދައްކައިން އުޅޭ ވާހަކައެއް ކަންނޭނގެ ތި ވާހަކައަކީ“ ޖާބިރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ބޭރުގެ އިންވެސްޓަރުންނާއި ބޭންކުތަކާ ގުޅިގެން ކަމަށާއި، ވިޔަފާރި ނުކުރާ ބަޔަކު މިފަދަ ހުރަސްތައް އަޅަން ވާހަކަ ދެއްކި ނަމަވެސް، ވިޔަފާރިކުރާ މީހުންނަށް ކަންކަން ހިނގާ ގޮތް އެނގޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ކޮންމެ ވިޔަފާރިއަކަށް ނުވަތަ މަޝްރޫޢުއަކަށް ރައްޔިތުންގެ ހިޔާލު ހޯދާ ރިފަރެންޑަމް ވޯޓަކަށް ދިއުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ޖާބިރު ވިދާޅުވިއެވެ.

ރާއްޖެއަށް ޑޮލަރު ލިބެނީ ވެސް ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން ކުރާ ވިޔަފާރީގެ ތެރެއިން ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ރާއްޖެ ވަކިން އެކަހެރިވެގެން ނޫޅެވޭނެ ކަމަށާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް، އިންޓަނޭޝަނަލީ އެކްސެޕްޓަބަލް ޓާމްސްތަކުގައި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ކަމަށް ޖާބިރު ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: