ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19:  98 މީހަކު ރަނގަޅުވެ، އިތުރު 13 މީހަކު ޕޮޒިޓިވްވެއްޖެ

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 98 މީހަކު ރަނގަޅުވެ، އިތުރު13 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މި ކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން ފަރުވާހޯދަމުންއައި 98  މީހަކު ރަނގަޅުވެ، އިތުރު 13 މީހަކު ވަނީ ޕޮޒިޓިވްވެފައިކަމަށެވެ.

ޕޮޒިޓިވްވި އެންމެންނަކީ ވެސް، އާދިއްތަދުވަހުގެ 18:00 އިން ފެށިގެން، މިއަދުގެ 18:00 އާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ.

މި ގޮތުން، މިއަދު ޕޮޒިޓިވްވެފައިވަނީ، 07 ދިވެހިންކަމަށާއި، ބަންގްލަދޭޝްގެ 05 މީހުންގެ އިތުރުން، އިންޑޮނޭޝިއާގެ މީހެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު މިވަނީ، 1916 އަށް އިތުރުވެފައެވެ.

މީގެ އިތުރުން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ، 925 އަށް އަރާފައެވެ.

 1916 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވީ ނަމަވެސް، އެކްޓިވް ކޭސްތަކުގެ ޢަދަދަކީ މި ވަގުތު981 އެވެ.

ކޮވިޑް-19 އިގައި މިހާތަނަށް ރާއްޖެއިން 8 މީހުން ނިޔާވެފައިވާއިރު، އޭގެތެރެއިން 04 މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރުން ނިޔާވެފައިވަނީ، ބަންގްލަދޭޝްގެ 04 މީހުންނެވެ.

މި ގޮތުން ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ، 83 އަހަރުގެ  އަންހެނަކާއި، 80 އަހަރުގެ ފިރިހެނަކާއި، 88 އަހަރުގެ ފިރިހެނެއްގެ އިތުރުން، 89 އަހަރުގެ އަންހެނެކެވެ.

ބަންގްލަދޭޝްއިން ނިޔާވެފައިވަނީ، 54 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެއްގެ އިތުރުން، 38 އަހަރުގެ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: