ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ދަތުރުފަތުރުގެ ނިޒާމް ފަސޭހަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ޕާކިސްތާނުގެ ދާޚިލީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާ ޕާކިސްތާނާއި ދެމެދު ދަތުރުފަތުރުގެ ނިޒާމް ފަސޭހަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކުރައްވާފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ޕާކިސްތާނުގެ ދާޚިލީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙްސިން ނަޤްވީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެގައުމަށް ފައިދާ ކުރަނިވި ކަންތައްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމު ފަސޭހަކޮށް، ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި މިގުޅުން މިގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ރައީސް، ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ތެރޭގައި ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ކުރުމަށް ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި ދަތުރުފުޅުގައިވެސް ވަނީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ދަތުރުފަތުރު ފަސޭހަކުރުމުގެ މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާ ކުރުމުގެ އެއްބަސްވުމެއްގައިވަނީ ސޮއިކުރައްވާފައެވެ.

ވައިގެމަގުން ދެ ޤައުމު ގުޅާލުމަށް އަވަސް މަސައްކަތްތަކެއް ކުރައްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ޤައުމީ އެއާލައިން މޯލްޑިވިއަނުންވެސް ޕާކިސްތާނަށް ދަތުރުތައް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ. ގައުމީ އެއާލައިން މޯލްޑިވިއަނުން ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: