ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭދަފުށީ ރޯޑް ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ދޮޅުމަސް ތެރޭ ނިންމާލުމަށް މަސައްކަތްކުރަނީ

ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އޭދަފުށީ ރޯޑް ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

”ސަންގު“ އަށް މައުލޫމަތު ދެއްވަމުން އެމްޓީސީސީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޝަންގެ ޖެނެރަލް މެނޭޖަރ ވިދާޅުވީ ކުރިއަށް ފެށުމަށް އެޮތީ ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި މޫސުން ރަނގަޅުވިހާ އަވަހަކަށް އެމަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ވާރޭ ވެހޭނަމަ ނުވަތަ ވާރޭ ވެހުމަށްފަހު ބިންގަނޑު ރަނގަޅަށް ނުހިކެނީސް ތާރު އެޅުމުގެ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެމަސައްކަތް ކޮށްފިނަމަ ބިންގަނޑުގެ ތެރެއަށް ކެމިކަލް ފޭދިގެން ހިނގައިދާނެކަމަށް ވިދާޅުވިއެެވެ. ތާރު އެޅުމަށް ބޭނުންވާ ސެޓްއަޕްވެސް ހުރީ ހަމަޖެހި ތައްޔާރުވެފައިކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19އާއި ގުޅިގެން މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް އެޅުނު ކަމަށާއި އެގޮތުން މަސައްކަތަށް ބޭނުންވާ މުވައްޒަފުން ގެނައުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ލޮކްޑައުންގެ ތެރޭގައި ސާދަ ދުވަހަށްފަހު އެޗްޕީއޭ އަދި ފުލުހުންގެ ހުއްދައާއިއެކު އެކަންވެސް ކުރެވިފައިވާ ކަމަސް ވިދާޅުވިއެވެ.

ބ. އޭދަފުށީ ރޯޑް ކޮންސްޓްރަކްޝަން ޕްރޮޖްކްޓްގެ ތެރެއިން މިހާރު ކުރިއަށްދަނީ ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ. އަދި އެކަމަށް ބޭނުންވާ ޓޭންކުތައް ކޮންމެ 20 މީޓަރަކުން ބަހައްޓަމުންދާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ރޯޑް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްގެ ދަށުން މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް، މަގުގެ ކައިރި ހެދުމާއި ޕޭވްމަންޓް ހެދުމާއި، މަގު އަލިކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ބޭނުންވާ އެހެނިހެން ނިޝާންތައް މަގުގައި ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިޕްރޮޖްކެޓްގެ މަސައްކަތް މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ކުރަމުން އަންނައިރު، ޖުމްލަ 3803 މިލިއަން ރުފިޔާ މިޕްރޮޖެކްޓަށް ޚަރަދުވާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: