ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯވަރ ޓައިމް ފައިސާ އެއްކޮށް ކަނޑާލަން ނުނިންމަން: ފިނޭންސް

ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އޯވަރ ޓައިމްގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް ދޭ ފައިސާ އެއްކޮށް ކަނޑާލުމަށް ނިންމާފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މީގެ ކުރިން އަމަލުކުރަމުން އައި ހަފްތާއަކު 48 ގަޑައިރު ހަމަވުމުން ދެން އިތުރަށް ކުރާ މަސައްކަތަށް އޯޓީ ދިނުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ހުއްޓާލާފައިވާ ކަމަށެވެ. އެހެންނަމަވެސް، އޯޓީ ދިނުން އެއްކޮށް ހުއްޓާނުލާނެކަމަށް ފިނޭންސްއިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ސަރކިޔުލާއެއްގައި ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކުން އިތުރުގަޑީގެ ފައިސާ ދިނުމަށް އަމަލުކުރަމުން އައީ ތަފާތު އެކި އުސޫލުތަކަށް ކަމަށެވެ. އެހެންކަމުން، އިތުރު ގަޑީގެ ފައިސާއަށް ޚަރަދުކުރަމުން އަންނަ މިންވަރު އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުން އަންނަ ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ ކޮވިޑް-19ގެ ހަލަތާއި ގުޅިގެން މިހާތަނަށް މީގެ ކުރިން ދިމަނުވާފަދަ ލޮޅުމެއް ދައުކަތުގެ މާލިއްޔަތަށް އައިސްފައިވާތީ ދައުކަތުގެ ޚަަރަދުތައް ކުޑަކުރުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުންދަނީ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިންސާފްވެރި އަދި ހަމަހަމަ އުސޫލަކުން އަމަލުކުރުމުގެ އުސޫލު ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.

ކޮވިޑް-19އާއި ގުޅިގެން އިގްތިސާދީ ބޮޑެތި ގެއްލުންތަކެއްވަމުންދާއިރު، ސަރުކާރުން ވަނީ ޚަރަދުކުޑަކުރުމުގެ ސިޔާސަތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، 20،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މީހުންގެ ބޭސިކް މުސާރައިން ވަކި އިންސައްތައެއް ކުޑަކުރުމަސް ނިންމާފައިވާިއރު، މިހާތަނަށް މުވައްޒަފުންނަށް ދެމުންނުދާ އެއްވެސް އާ އެލަވަންސެއް ނުދިނުމަށާއި، އެއްވެސް އާ މަގާމަކަށް މުވައްފަނުން ނުނެގުމަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: