ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ފަރާތުން ފެންނަނީ ހުދުމުހުތާރުކަމާއި ރައްޔިތުންނަށް އިހުތިރާމެއް ނެތްކަން: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުގެ މަޖިލީހުގެ ރައީސްގެ ފަރާތުން ފެންނަމުންދާ ހުދުމުޚުތާރުކަން އިތުރަށް ހާމަވެ، އެމަނިކުފާނުގެ ހިތުގައި ރައްޔިތުންނާމެދު އެއްވެސް މިންވަރެއްގެ އިޙުތިރާމެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ފުލިދޫ ރައްޔިތުންގެ ޙައްޤުގައި، ފެލިދޫގެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި ކަމަށް ބުނެ އިދިކޮޅުން ނެރު ބަޔާނުގައި ބުނެފައިވަނީ، ގަރާރު ކުއްލި ގޮތަކަށް އެޖެންޑާކުރުމަށް ފަހު މަޖިލީހުން ބޭރުކޮށްލުމަކީ ރައްޔިތުންގެ ރައީސް ނަޝީދު ރައްޔިތުންނާއި މެދު އެއްވެސް މިންވަރެއްގެ އިހްތިރާމެއް ނުބަހައްޓަވާ ކަމުގެ ހެއްކެއް ކަމަށެވެ.

އިދިކޮޅު ބަޔާނުގައި ފުލިދޫ ރައްޔިތުންގެ ޙައްޤުގައި، ފުލިދޫގެ ރަށް ގިރަމުން ދާ މައްސަލަ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު މިއަހަރުގެ ފެބްރުއަރީ މަސްތެރޭ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރު، މަޖިލީހުގެ ޖަލްސާއަކަށް ކުއްލި ގޮތަކަށް އެޖެންޑާ ކުރުމަށްފަހު، މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް މަޖިލީހުގެ ރައީސް، އެޤަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ފުލިދޫގެ ރަށް ގިރަމުން ދާ މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ޤަރާރު މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް މަޖިލީހުން ބޭރުކޮށްލުމުގައި އެމަނިކުފާނު ދައްކަވާފައިވާ ހުއްޖަތަކީ މިކޯލިޝަނުން ބަލައިގަންނަ ހުއްޖަތެއް ނޫން ކަމަށާއި އެއީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަނިޔާވެރިކަމާއި، ހުދުމުޚުތާރު ކަމުގެ ސަބަބުން، މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް މިނިވަންކަމާއެކު ހަރަކާތްތެރިވެވޭނެ މާޙައުލެއް ނެތް ކަމަށް ބަޔާނުގައި ވެއެވެ.

ހަމައެއާއެކު މައިނޯރިޓީގެ އަޑު ކަނޑުވާލުމުގެ ގޮތުން މަޖިލީހުގެ ރައީސް ހުދުމުޚުތާރުކަމާއެކު، ކުރައްވަމުން ގެންދަވާ މަސައްކަތުގައި މަޖިލީހުގެ އަމީންއާންމާއި، ކައުންސެލަރ ޖެނެރަލާއި އަދި ސާރޖަންޓް އެޓް އާރމްސް ބައިވެރިވެ، މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ކުރެވެމުން ދާ ކަންކަން ހުއްޓުވުމުގެ ބަދަލުގައި އެކަމުގައި ބައިވެރިވެ ހިތްވަރު ދެއްވަމުން ގެންދަވާކަމީ މިކޯލިޝަންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަމުގައިވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.

ފެލިދޫ ދާއިރާގެ މެންބަރުގެ ޤާރާރު ހުށަހެޅުން އޮތީ މިދިޔަ އަންގާރަ ދިވަހު އޮތް  ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެގަރާރުގެ ފުރަތަމަ ކިޔުންގެ އިއްވާފައިވަނީ 26 ފެބްރުއަރީ 2020 ގައެވެ.

އެދުވަހު މަހިޖިލީހުގެ ރައީސް ވިދާޅުވީ މެންބަރު ވަޑައިގެންނެތުމުން އެ ޤަރާރު ހުށަހެން ނެތް ކަމަށެވެ. ނަމަވެސް އެފަދަ ބައެއް ހާލަތު އެހެން މެންބަރަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދަވާކަން ފާހަގަ ކުރެއްވިއެވެ.

ޤަރާރާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ފުލިދޫ ރަށް ޤިރުމާއި ގުޅޭ ގޮތުން ޤާރާރު ހުށަހެޅުއްވި މެންބަރު ނެތް ހާލަތެއްގައި އެކަން ބައްލަވަން ހުންނެވީ އެމަނިކުފާނު ކަމަށެވެ. އަދި އެކަންކަން ރަނގަޅަށް ބައްލަވާނެކަމަށް ވިދާޅުވިއެވެ.

ޤާރާރުގެ ވާހަކަ ރައީސް ނަޝީދު ނިންމަވާލެއްވީ، މެންބަރު ފަޒުލް މަޖިލީހަށް ނުކުންނެވުމުން، ނުނިމި ހުރި މަސައްކަތްތައް އެމެންބަރާ ޙަވާލުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: