ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާތިފާގެ އިސްތިއުފާގެ ސިޓީ ގަބޫލުކުރައްވައި، ހައުސިން މިނިސްޓްރީ އުވާލައިފި

ހައުސިން މިނިސްޓަރުކަމުން އާތިފާ އިސްތިއުފާ ދެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ

ރައީސް އޮފީހުން ބުނެފައިވަނީ، މިނިސްޓަރުކަމުން އާތިފާ އިސްތިއުފާ ދެއްވިކަމުގެ ސިޓީ ލިބިވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އާތިފާ މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރެއްވި ހިދުމަތާއި މަސައްކަތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، އާތިފާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ގޯސްވެ، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ދަތިތަކެއް ދިމާވަމުން ދާތީ ކަމަށެވެ. އަދި ސިއްހީ ހާލަތާއި ގުޅޭގޮތުން މީގެކުރިން ވެސް އާތިފާ އެ މައުލޫމާތު ރައީސް ސޯލިހާއި ހިއްސާ ކުރައްވަމުން ގެންދެވިކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ބަދަލުކޮށްފައެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރަމުން ގެންދިޔަ މަސައްކަތްތައް ދެން ކުރިޔަށް ގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: