ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޒުލް ހުށަހެޅުއްވި ޤަރާރު ބޭރެއް ނުކުރޭ: މަޖިލިސް

ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ފުލިދޫ ރަށްގިރާ މައްސަލާއު ގުޅިގެން ފެލިދޫގެ ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މެންބަރު ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބަޔާނެއް ނެރިވފައިވަނިކޮށް ރައްޔިތުން މަޖިލީހުގެ މީޑީއާ ޑައިރެކްޓަރު ހަސަން ޒިޔާއު ބުރާސްފަތި ދުވަހު ވިދާޅުވީ، ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން މެންބަރު ފަޒުލް ށަހެޅުއްވި ގަރާރު މަޖިލީހުން ބޭރެއް ނުކުރާ ކަމަށެވެެ.

“ ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން ފެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބޭރެއް ނުކުރޭ. އެ ޤަރާރު މަޖިލީހުގައި އޮތް ވާހަކަ ދަންނަވަން“ ޒިޔާއު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ގަރާރު ކުއްލި ގޮތަކަށް އެޖެންޑާކުރުމަށް ފަހު މަޖިލީހުން ބޭރުކޮށްލުމަކީ ރައީސް ނަޝީދު ރައްޔިތުންނާއި މެދު އެއްވެސް މިންވަރެއްގެ އިހްތިރާމެއް ނުބަހައްޓަވާ ކަމުގެ ހެއްކެއް ކަމަށެވެ.

ރައްޔިތުގެ މަޖިލީހުގެ ރައީސްގެ ފަރާތުން ފެންނަމުންދާ ހުދުމުޚުތާރުކަން އިތުރަށް ހާމަވެ، އެމަނިކުފާނުގެ ހިތުގައި ރައްޔިތުންނާމެދު އެއްވެސް މިންވަރެއްގެ އިޙުތިރާމެއް ނެތް ކަމަށްވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް ފަޒުލް ހުށަހެޅުއްވި ޤަރާރު ތާވަލުކުރެވިފައި އޮތަސް އޭނާ ވަޑައިނުގަންވާތީ މަސައްކަތް ކުރިއަށް ގެންގޮއްސަ އެއް ނުވެއެވެ.

ޤަރާރާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ފުލިދޫ ރަށް ޤިރުމާއި ގުޅޭ ގޮތުން ޤާރާރު ހުށަހެޅުއްވި މެންބަރު ނެތް ހާލަތެއްގައި އެކަން ބައްލަވަން ހުންނެވީ އެމަނިކުފާނު ކަމަށެވެ. އަދި އެކަންކަން ރަނގަޅަށް ބައްލަވާނެކަމަށް ވިދާޅުވިއެވެ.

”ދެން ފެލިދޫ އާ ގުޅޭގޮތުން އަޅުގަނޑު ހިތުން އެ މެމްބަރު ނެތް ތަނެއްގައި ހުރި މީހަކީ އަޅުގަނޑު. ފުލިދޫ އާ ގުޅޭގޮތުން،“ ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ބަޔާނުގައި ފުލިދޫ ރައްޔިތުންގެ ޙައްޤުގައި، ފުލިދޫގެ ރަށް ގިރަމުން ދާ މައްސަލަ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު މިއަހަރުގެ ފެބްރުއަރީ މަސްތެރޭ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރު، މަޖިލީހުގެ ޖަލްސާއަކަށް ކުއްލި ގޮތަކަށް އެޖެންޑާ ކުރުމަށްފަހު، މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް މަޖިލީހުގެ ރައީސް، އެޤަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: