ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލްހާންގެ އަމާޒު 2023 ގެ ރިޔާސީ އިންތިހާބަށް: ވިދާޅުވީ މިއަދުގެ ޒުވާނުން ވެސް އެދެނީ އާ ލީޑާޝިޕަކަށްކަމަށް!

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އަލްހާން އިއުލާނު ކުރެއްވުން - ފޮޓޯ: އަލްހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު އަބަދުވެސް ފެންނަނީ ވަކި މީހެއްގެ، ނުވަތަ ވަކި ބައެއްގެ ނުފޫޒު ކަމަށާއި، މިއަދު ޒުވާނުންނާއި ގިނަ ދިވެހިން ބޭނުންވަނީ އާ ލީޑާޝިޕެއްކަމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ސަންގުއާއި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، އޭނާ ރާއްޖޭގެ ސިޔާސީ މައިދާނަށް ނިކުތީ 2008 ވަނަ އަހަރުގެ ތެރޭ ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމް އުފަންވި ދުވަސްވަރާއި ދިމާކޮށް ކަމަށެވެ. އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެކު އޭރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އެކު ސިޔާސީ މަސައްކަތް ފެށުނުކަން އަލްހާން ފާހަގަ ކުރެއްވިއެވެ.

އޭނާއަކީ އެއްވެސް ގޮތެއްގައި ކަންކަން ސިއްރުކޮށްގެން، މަސައްކަތް ކުރާ މީހެއް ނޫންކަން ފާހަގަކުރައްވައި އަލްހާން ވިދާޅުވީ އަބަދުވެސް އަމާޒަކަށް ވީ ގައުމާއި ދިވެހި ރައްޔިތުންނަށް ހިދުމަތްތަކެއް ކުރުން ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާއެއްގެ ހައިސިއްތަން ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމަށް އަލްހާން ވިދާޅުވިއެވެ. މަސައްކަތް ހުރީ އަބަދުވެސް އެ އަމާޒާއި ހަމައަށް ވާސިލްވުމަށް ކަމަށާއި، އަދި ރައްޔިތުން އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާއަކަށް އަބަދުވެސް ދައުލަތް ހިންގުމަށް ރައްޔިތުންގެ މަސްލަހަތުގައި ކުރާ ކަންކަމުގައި އެއްބާރުލުން ދީފައިވާނެ ކަމަށެވެ.

އަލްހާން ވިދާޅުވީ އިސް ވާޖިވަކީ ގައުމަށް ހިދުމަތްކޮށްދިނުން ކަމަށެވެ. އެހެން ކަމުން، ސިޔާސީ ޕާޓީއަކަސް ސިޔާސަތުތައް ބިނާވާންޖެހެނީ ގައުމަށް ހިދުމަތްކޮށްދިނުން އަލްހާން ވިދާޅުވިއެވެ.

”ރައީސް މައުމޫނާއި އެކު މަސައްކަތް ކުރިއިރު އެއީ، ރައީސް މައުމޫންގެ ވެރިކަން ގާތްގަނޑަކަށް ނިމުމާއި ހަމައިން އަޅުގަނޑަށް ރައީސް މައުމޫނާއި ބައްދަލުވީ. އޭގެ ފަހުން އަޅުގަނޑުމެން ރައީސް ނަޝީދާއި އެކު ވަރަށް ގާތުން މަސައްކަތްކޮށް އަދި އެމްޑީޕީ އާ އެކީގައި ވެސް ވަރަށް ގާތުން މަސައްކަތްކޮށް އެ ޕާޓީގެ ނައިބް ރައީސެއްގެ ހައިސިއްޔަތުން ވެސް އަދި ޕާޓީއަށް ވެސް، ގައުމަށް ވެސް ވާނީ ހިދުމަތްތަކެއްކޮށް ދީފައި. މި ދެންނެވީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރި މަސައްކަތްތަކުގެ އިތުރުން“ އަލްހާން

2009 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ ދައުރުގެ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަލްހާން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ އެހެން ހަރުފަތަކަށް ގެންދަންޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބެއްކަމަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތައް އަބަދުވެސް ވަކި މީހެއްގެ ސިޔާސަތުތައް ކުރިއަރުވަން ނުވަތަ ވަކި ބޭފުޅެއްގެ ވިސްނުން ގެނައުމަށް މަސައްކަތް ކުރާތީއެވެ. އަދި ޕާޓީގެ މަސައްކަތް ކުރިޔަށްދަނީ އަމިއްލަ މިލްކިއްޔާތެއްގެ ގޮތުގައި ކަމަށެވެ. އަލްހާން ވިދާޅުވީ އޭނާ އަބަދުވެސް ދައްކަވާ ވާހަކައަކީ ސިޔާސީ ޕާޓީތަކުން މީހުން އުފެއްދުމާއި، އާ ލީޑާޝިޕްތައް ގެނައުން އަދި މީހުން ކުރިއަރުވަން މަސައްކަތް ކުރުން ކަމަށެވެ. އަދި އެ ވާދަވެރިކަން ވެސް އޮންނާނެ ގޮތަކަށް މަސައްކަތްތައް ތަންފީޒުކޮށް ބައްޓަން ވާންޖެހޭ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ޑީއާރުޕީން ވެސް އޭރު ފެނުނީ އެ މަންޒަރު ކަމަށާއި، އަދި އެމްޑީޕީގެ މެމްބަރުން އޭނާ ލީޑާޝިޕަށް ގެނައުމުން ރައީސް ނަޝީދާއި ދެމެދު އައި ހިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ގައުމީ މަޖިލީހެއް ބާއްވާ އެއްވެސް ސަބަބެއް ނެތި ޕާޓީން ވަކި ކުރީ ކަމަށެވެ. އަލްހާން ވިދާޅުވީ ޕާޓީތަކުގައި މިކަންކަން ތަކުރާރުވެ، ޕާޓީތަކުން ދައްކާ މަންޒަރަކީ ރިޔާސީ އިންތިހަބަކަށް ނިކުންނަން ތިބީ ލިމިޓެޑް ބައެއްކަމަށް ދެއްކުން ކަމަށެވެ. އަދި ސިޔާސީ ނުފޫޒުގައި ޕާޓީގެ ކަންކަން ރޭވެމުންދަނީ ވެސް އެހެން ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، ރައްޔިތުން ސިޔާސީ ކަންކަންމަށް ހިޔާލުފާޅުކުރާއިރު ބަލާ ބެލުންތަކުން ފެންނަން އޮތީ އާ ލީޑާޝިޕެއް ބޭނުންވުން ކަމަށެވެ. ހާއްސަކޮށް ޒުވާން ޖެނެރޭޝަންތައް ބޭނުންވަނީ އާ ލީޑާޝިޕެއްކަމަށް އަލްހާން ވިދާޅުވިއެވެ.

2023 ގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ އެ ސަބަބާއި ހުރެކަމަށް އަލްހާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: