ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް އިދިކޮޅު ކޯލިޝަނުން ބޮއިކޯޓްކޮށްފި

މަޖިލީހުގައި ހިނގި މާރާމާރީއާއި ގުޅިގެން، ނައިފަރުގެ ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުން ނުކުމެ އިހްތިޖާޖްކުރަނީ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ބޮއިކޮޓްކުރަން ނިންމާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މިކަން ހާމަކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނީ، ޖަލްސާ ބޮއިކޮޓްކުރަން ނިންމީ، މި މަހުގެ 02 ވަނަ ދުވަހުގެރޭގެ ދަންވަރު ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް ހިންގި މާރާމާރީއާއި ގުޅިގެންކަމަށެވެ. މި ގޮތުން އެ މާރާމާރީއާއި ގުޅިގެން ކޯލިޝަންގެ މެންބަރުނަން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން ނެތުމާއެކީކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

މީގެ އިތުރުން އެ ކޯލިޝަނުންވަނީ، މި މާރާމާރީއާއި ގުޅިގެން ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅަފައިވާ މައްސަލަ އިންސާފުވެރިކަމާ މިނިވަންކަމާއެކު ވީހާވެސް އަވަހަށް ތަޙުޤީޤުކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަނުން މި ގޮތަށް ގޮވާލާފައިވާއިރު، މީގެ ކުރިންވަނީ އެ މައްސަލައިގެ ތަޙުޤީޤަކީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ހިނގާ ތަޙުޤީޤެއްތޯ ބައްލަވައިދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމަށް ސިޓީއަކުން ދަންނަވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: