ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއީޑީއިން ހިންގި އޮޕަރޭޝަންގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 8 ފުލުހަކަށް ދައުވާކުރަނީ

އަނިޔާކުރި މަންޒަރު ދައްކުވައިދޭ ވީޑީޔޯގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ފުލުހުންތަކެއް ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 8 ފުލުހަކަށް ދައުވާކުރުމަށް ޕީޖީއިން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިޔާ އޮފިސަރަކު ވިދާޅުވީ ޖުލައި މަހުގެ ފަސްވަނަ ދުވަހު މ. އުޖާލާގެއަށް ކޯޓު އަމުރެއްގެ ދަށުން ވަނުމަށްފަހު އެގޭގައި ހުރި ބިދޭސީއަކަށް އަނިޔާކުރި މައްސަލާގައި 11 ފުލުހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރުމަށް އެދި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން 8 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ބަލައިގެންފައިވާ ކަމަށެވެ.

މީޑިޔާ އޮފިޝަން ވިދާޅުވީ މިމައްސަލަ ތަހުގީގް ކޮށްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތްނުވާ އައިއޯއިންގެ މައްޗަށް އެކުލަވާލި ޚާއްސަ ޓީމަކުން ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު މ. އުޖާލާގެއަށް ވަނުމަށްފަހު އެގޭގައި ހުރި ބިދޭސީއަކަށް ފުލުހުން އަނިޔާކޮށްފައިވާ ވީޑިޔޯއެއްވެސް ވަނީ ދައުރުވެފައެވެ. އެއީ 36 އަހަރުގެ ބިދޭސީއެއް ކަމަށާއި އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރަށް، ފުލުހުން އެގެއަށް ވަނުމާއެކު އެގޭގައި ހުރި ދިވެއްސަކު ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެމީހާވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއޮޕަރޭޝަންގައި އެގެއިން ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވަތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން އޭރު ވަނީ 7 ފުލުހަކު ސަސްޕެންޑްވެސް ކޮށްފައެވެ. އަދި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައިވެއެވެ. އެހެންނަމަވެސް، ފުލުހުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޑްރަގް އެންފޯސް ޑިޕާޓްމަންޓް (ޑީއީޑީ)ގެ މުވައްޒަފުންގެ ދިފާއުގައި އަޑު އުފުލާފައެވެ.

މީގެ އިތުރަށް، އިއްޔެގެ ވަގުތެއްގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް، ހަތަރު ފުލުހެއްގެ މަގާމު ދަށްކޮށްފައެވެ. މިިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުންދިޔަ މީހަކު މަސްވެރިންގެ ޕާކު ކައިރީގައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމުގެ ތުހުމަތުގައި އެމީހާ ހައްޔަރުކޮށް އެމީހާއަށް އަނިޔާކޮށްފައިވާ ކަމަށްބުނެ މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ފުލުހުންނަށް ފިޔަވަަޅު އަޅާފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑް ކޮމާންޑުން ކުރިއަށް ގެންދިޔަ އިންޓާނަލް ތަހުގީގަށް ފަހުކަމަށެވެ. މިމައްސަލަ އިސްތިއުނާފް ކުރުމަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހަތްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: