ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އާގުޅޭ ބިލެއް މަޖިލީހަށް އަންނަން ލަސްވެސް ވެއްޖެ:މެމްބަރުން

މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަސް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފައިވާވީނަމަވެސް ކޮވިޑް19އިގެ ހާލަތުގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އަންނަން ލަސްވެއްޖެ ކަމަށް މެމްބަރުން ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޮވިޑް19އާއި ގުޅޭ ހާއްސަ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ ކޮވިޑް19 އިގެ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާއިރު ކޮވިޑް19އުގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ކޮވިޑް19އާއި ގުޅިގެން ދިރިއުޅޭތަން ދޫކޮށްލަން ޖެހުނު ފަރާތްތަކަސް ސަރުކާރުން ބޯހިޔާވަހިކަން ދިނުމާއި ވަޒީފާއަށް އަސަރު ކުރި ފަރާތްތަކަށް އިނާޔަތް ދިނުމާއި މިނޫން ވެސް ގިން ކަންތައްތަކެއް ސަރުކާރުން ކޮށްފައިވާކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ގިނަ މެމްބަރުން ވިދާޅުވީ ބިލް މަޖިލީހަށް ފޮނުވަން ލަސްވި ނަމަވެސް ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށާއި އަދި ވަގުތީ ގާނޫޏެއް ގެނައުމުގެ ބަދަލުގައި ގެންނަންވީ ކާރިސާތަކާއި ބަލިމަޑުކަން އަންނަ ހާލަތުގައި އަމަލު ކުރާނެ ދާއިމީ ގާނޫނެއް ކަމަށް މެމްބަރުން ވިދާޅުވިއެވެ. 

މެމްބަރުން ވިދާޅުވީ ކޮމެޓީ މަރުހަލާގައި ބިލަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭނެ ކަމަށާއި އެގޮތުން މި ނިލް ގާނޫނަކަސް ވެގެން އަންނައިރު މި ބިލާއި ތަޢާރުޒްވާ އެހެން ގާނޫނުތަކަށް ވެސް ބަލަން ޖެހޭނެކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ. އަދި ބިލްގައިވާ ގިނަ ކަންކަން ތަންފީޒް ކުރެވޭނީ މިހާރަށްވުރެ ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށްގެންކަން ވެސް މެމްބަރުން ވިދާޅުވިއެވެ. 

ކޮވިޑް19އާއި ގުޅޭ ހާއްސަ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން ހުސެން މުހައްމަދު ދީދީ ވިދާޅުވީ  މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށާއި، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް މިހާރުން މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުސޫލުތައް، ވަގުތީ ޤާނޫނަކުން ކަނޑައެޅުންކަމަށެވެ.

ބިލު އެކުލަވާލާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ކުރިމަތިވެފައިވާ އެނޫންވެސް އިޖްތިމާޢީ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ޚާއްޞަ ޤާނޫނެއް މެދުވެރިކޮށް ވަގުތީ ޙައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: