ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން، އިންޑިއާއިން ގަނެފައިވާ ސިއްހީ ސާމާނު އެތެރެކުރުމުގެ ހުއްދަ އެ ޤައުމުންދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވުމުގެ ސަބަބުން، އެސްޓީއޯއިން ގަނެފައިވާ ބައެއް ސިއްހީ ސާމާނު ނުގެނެވިފައިވަނިކޮށް، އެ ތަކެތި ގެނައުމުގެ ހުއްދަ އިންޑިއާއިން ދީފިއެވެ.

މި ކަން ހާމަކޮށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެސްޓީއޯއިން ގަނެފައިވާ ބައެއް ސިއްހީ ސާމާނު، އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވުމުގެ ސަބަބުން ނުގެނެވިފައިވަނިކޮށް، އެ ތަކެތި ގެނައުމުގެ ހުއްދަ އިންޑިއާގެ ސަރުކާރުން ދީފައިވާކަމަށެވެ. އަދި މީގެތެރެއިން ބައެއް ސާމާނަކީ، ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންކުރާ ތަކެތިކަމަށް ވެސް ހައިކޮމިޝަނުން ބުނެފައިވެއެވެ.

https://twitter.com/HCIMaldives/status/1273153697518891008?s=20

އޭގެތެރޭގައި، ތަފާތު ބާވަތުގެ މެޑިކަލް މާސްކާއި، ވެންޓިލޭޓަރުގައި ބޭނުންކުރާ އެމްބޫ ބޭގްތަކާއި، އޮކްސިޖަން ގުޅަން ބޭނުންކުރާ ހޮޅިއާއި، ލެބޯޓްރީގައި ބޭނުންކުރާ ފިލްޓަރ ޓިޕްތަކުގެ އިތުރުން، ހަކުރު ޓެސްޓުކުރަން ބޭނުންކުރާ ސާމާނު ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: