ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުވާއަށް ކޮންމެހެން ބޭރަށް ދާންޖެހޭ މީހުންގެ ހުއްދަތައް އަދިވެސް ނުލިބޭ!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ މެދުވެރިކޮށް ރާއްޖޭން ބޭރުން ފަރުވާ ހޯދަމުން އަންނަ ބައެއް މީހުންގެ ހާލަތު ގޯސްވުމާއި ގުޅިގެން އެ މީހުން ފުރުވާލުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަދިވެސް މާބޮޑު ކުރިއެރުމެއް ނުލިބޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

އާސަންދައިގެ ދަށުން ފުރާ މީހުންގެ މައުލޫމާތުތައް ދިނުމަށް ފާއިތުވެ ދިޔަ އެކި ބައްދަލުވުންތަކުގައި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެދިފައެވެ. ރާއްޖޭން ފަރުވާ ދެވެން ނެތް ބަލިތަކަށް ފަރުވާ ހޯދަމުންދާ ބައެއް މީހުންގެ ހާލަތު ގޯސްވަމުން ދާތީ އޭގެ ތެރެއިން 33 މީހެއް ރާއްޖެން ބޭރަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާސަންދައިން ވަނީ ހާމަކޮށްފައެވެ.

މި މަހުގެ އެއްވަނަ ދުވަހު، އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވާ، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ 33 މީހަކަށް އެހީ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކެއް ކަމަށާއި، އެ މީހުންގެ ފުރުމުގެ އިންތިޒާމުތައްކަމަށް އޭރު މަރިޔަމް ވިދާޅުވިއެވެ.

ބޭރަށް ފުރާ މީހުންގެ ތެރޭގައި ހިމެނެނީ، ފަރުވާ ހަމަޖެހިފައިވަނިކޮށް އެ ގައުމުތައް ލޮކްޑައުން ކުރުމާއި ގުޅިގެން ނުފުރުނު މީހުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި، ސުވާލު ކުރުމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުތަކާއި އެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

ދަރުބާރުގޭގައި ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަމާއި ގުޅޭ އަޕްޑޭޓެއް ދެއްވުމަށް ނޫސްވެރިއަކު އެދުމުން މަބްރޫކް ވިދާޅުވީ އާސަންދައިގެ ދަށުން ބޮދެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނާއި، ބޮޑެތި ބަލިތައް ދެނެގަނެވިފައިވާ މީހުން އަދި ކޮންމެހެން ރާއްޖޭން ބޭރަށް ފަރުވާއަށް ދާންޖެހޭ މީހުންގެ ފޮނުވާލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ގައުމުތަކުން ދޭން ޖެހޭ ހުއްދަތައް އަދިވެސް ފުރިހަމަ ނުވާ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އިންޑިއާއަށް ދަތުރު ކުރުމުގެ ހުއްދަ ހޯދުމަށެވެ. ނަމަވެސް މިހާތަނަށް އެ ގައުމުން ފަލައިޓެއް އޮޕަރޭޓު ކުރުމަށް ހުއްދަ ދީފައި ނުވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: