ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ދިފާއުގައި އިމްރާން ވާހަކަ ނުދައްކާނަ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނަން: މެމްބަރު ނަޝީދު

ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ ބައެއް މެމްބަރުންނާއި އެމްޑީޕީއަށް ތާއިދުކުރާ ފަރާތްތަކުން ފުލުހުންގެ އަގުވައްޓާލާ ތަފާތުއެކި ވާހަކަ ދައްކަމުންދާއިރު ހޯމް މިނިސްތަރު އިމްރާން އަބްދުﷲ ފުލުހުންގެ ދިފާއުގައި ވާހަކަ ނުފައްކާނަ އިމްރާން އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މެމްބަރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ތިބި އެމްޑީޕީ މެމްބަރުން ފުލުހުންގެ އަގުވައްޓާލައި ނަފްރަތު އުފައްދަމުންދާއިރު އިމްރާނަށް ކުރެވުނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ.

އަދި ފުލުހުންގެ ހައްޤުގައި ބަސް ނުބުނާނަމަ މިހާރުން މިހާރަށް އިމްރާން އިސްތިއުފާ ދެއްވުމަށާއި އެހެން ނޫންނަމަ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ފުލުހުންނަށް އަމާޒުކޮށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފައެވެ. އަދި ފުލުހުންގެ އަނިޔާ އެކި ފަރާތްތަކަށް ލިބުނު ކަމަށާއި، އެކަންކަން ބަލާނެ އެއްވެސް ފަރާތެއްވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުން މަގުމައްޗަށް ނެރެންވީ ސަރުދާރުންގެ ގޮތުގައި އަތަށް ކުދި ދަނޑިބުރި އެއް ދީފައި ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ. 

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެއަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ ވަޒީފާގައި ކުރަންޖެހޭ ގިނަ ކަންކަމަކީ ތައުލީމަށް ވުރެ ބޮޑަށް ވަޒީފާގެ މައިދާނާއި ތަމްރީނުތަކުގައި ދަސްވާ ކަންކަން ކަމަށެވެ. އެހެންވިޔަސް ގިނަ ފުލުހުންގެ އަތުގައި މަތީ ސާނަވީގެ ސަނަދު އޮންނަ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: