ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާވެސް މަޖިލިސް ބާއްވަނީ ތަޅުމުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާނީ ތަޅުމުގައިކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

”ސަންގު“އަށް މައުލުމާތު ދެއްވަމުން މަޖިލީޙުގެ މީޑިޔާ ޑިރެކްޓަރ ކޮމިޔުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ އިދާރާގައި މިއަދުވެސް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މުވައްޒަފުން އުޅެމުންދާ ކަމަށެވެ. މަޖިލިސް މިވަގުތު ވަނީ ޑިސްއިންފެކްޓް ކޮށްފައި ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާއިން މުވައްޒަފަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އަދި އެމުވއްޒަފާއި ކޮންޓެކްޓްވިކަމަށް ފާހަގަކުރެވި 29 މީހަކު މިހާރު ތިބީ އައިސޮލޭޝަންގައެވެ. އަދި އެއަށްފަހު އިތުރު މީހަކު ކޮންޓެކްޓްވިކަމަށް ފާހަގަކުރެވިފައިނުވާކަމަށް ޒިޔާއު ވިދާޅުވިއެވެ.

މަޖިލީހުން މުވައްޒަފަކު ޕޮޒިޓިވްވުމަށްފަހުވެސް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާތީ، އެކަމާ އެއްވެސް މުވައްޒަފަކު ކަންބޮޑުވުން ފާޅުކޮށްފައިވޭތޯ ސުވާލުކުރުމުން ޒިޔާއު ވިދާޅުވީ އެއްވެސް މުވައްޒަފަކު މިހާތަނަށް ކަންބޮޑުވުން ފާޅުކޮށްފައިނުވާ ކަމަށާއި މިހާތަނަށް ޝަކުވާއެއްވެސް އައިސްފައިނުވާ ކަމަށެވެ. އަދި ޑިސްއިންފެކްޓް ކުރުމަށްފަހު މިހާރު މަޖިލިސް ހުޅުވާފައިވާ ކަމަށާއި މިއަދުވެސް މަޖިލީހުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކޮވިޑް-19އާއި ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންގޮސްފައިވާއިރު، ލޮކްޑައުން ނުނިމެނީސް މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް ބޭނުންފުޅުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވުމުން އެކަމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: