ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ:ރައީސް ސާލިޙް

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި 15 ވަނަދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެކަމަށާއި، ރިސޯޓުތައް ވެސް ހުޅުވާލާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އޯގަސްޓުމަހުގެތެރޭގައި ގެސްޓު ހައުސްތައް ވެސް ހުޅުވާލާނެކަމަށެވެ.

‏ރައީސް ވިދާޅުވީ، ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ޤައުމެއްކަމަށް، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޤައުމު ކަމަށްވާ ޖަރުމަނު ވިލާތުން ކަނޑައަޅާފައިވުމަކީ  ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއްކަމަށެވެ. ރައީސް ވިދާޅުވިިިިިިިިިގޮތުގައި، ރާއްޖެއަކީ ރައްކާތެރި ޤައުމެއްކަމަށް ދުބާއީން ވެސް ވަނީ ކަނޑައަޅާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވައިލުމަށް ވިސްނާއިރު، އެ މަނިކުފާނުގެ ވިސްނުންފުޅު ހުންނެވީ، އިޤުތިޞާދ އަވަސް ރިކަވަރީއަކަށް ވާސިލުވުމަށްކަމަށެވެ. އަދި އެކަމައްޓަކައި ކަމާގުޅޭ ދާއިރާތަކުގެ ބައިވެރިވުމާއި ޚިޔާލާއި، މަޝްވަރާގެ މަތިން ކުރާނެކަންކަން ރާވައި ހިންގުމާއި، އެ ކަންކަމަށް ފައިސާހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ނޭޝަނަލް ޓާސްކްފޯހެއް އެކުލަވާލާފައިވާކަމަށް ވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.

ބޯޑަރު ހުޅުވާލުމާ ބެހޭގޮތުން ރައީސް އިތުރަށް ވިދާޅުވީ، ބޯޑަރު ހުޅުވާލާނީ ހުރިހައި ޤައުމުތަކަކަށްކަމަށާއި، ނަމަވެސް ބައެއް ޤައުމުތަކަށް ދަތުރުކުރުމުގައި އެ ޤައުމުތަކުން ކަނޑައަޅާފައިވާ އުސޫލުތަކެއް އެބަހުރިކަމަށެވެ. މި ގޮތުން ބައެއް ބޭރަށް ދަތުރުކޮށްފައި އަންނައިރުގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއްގައި ހުންނަންޖެހޭކަމަށް ބައެއް ޤައުމުތަކުން ކަނޑައަޅާފައި އެބަހުރިކަމަށާއި، އަނެއްބައި ޤައުމުތަކުން ބޭރަށްގޮސްފައި އަންނައިރުގައި، 120 ދުވަސް ނުވާ، ނުވަތަ 14 ދުވަސްނުވާ ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭކަމަށް ކަނޑައަޅާފައިވާކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް މީހުން ފޮނުވާނެކަމުގެ ޔަޤީންކަން މިހާރު ދީފައިވާކަމަށާއި، ނަމަވެސް ޗައިނާއަށް އެނބުރިދާ ކޮންމެ މީހެއްގެ އަތުގައި، 120 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓުގެ ނަތީޖާއެއް އޮންނަންޖެހޭކަމަށް އެ ޤައުމުން ކަނޑައަޅާފައިވާކަމަށާއި، އެ ގޮތަށް އެކަން ކޮށްދޭނަމަ ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށާއި، ޗައިނާ ސަރުކާރަށް މިހާރު އެކަމުގެ ޔަޤީންކަންދީފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، ޗައިނާއިން އެދޭގޮތަށް ޗައިނާ ފަތުރުވެރިން ރާއްޖެއިން ފުރާއިރުގައި، ޓެސްޓު ހެދޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށާއި، ހަމައެއާއެކީގައި ދުވާލަކު 1000 ޓެސްޓު ހެދޭވަރުގެ ސިސްޓަމެއް މާލޭ އެއަރޕޯޓުގައި ޤައިމުކޮށްދޭން ޗައިނާއިން ނިންމާފައިވާ ކަމަށެވެ.

”ބޯޑަރު ހުޅުވާލާއިރުގައި، އަޅުގަނޑުމެން މި ހުޅުވާލަނީ ހުރިހައި ޤައުމުތަކަކަށް. އެކަމަކު ބައެއް ޤައުމުތަކުން އެބަހުރި އެ ޤައުމުތަކުން ބޭރަށް ދަތުރުކުރުމުގައި، ނިންމާފަހުރި ނިންމުންތަކެއް، އުސޫލުތަކެއް. ބައެއް ޤައުމުތަކުން ބޭރަށް އައިސްފަ އެނބުރި ގޮސް 14 ދުވަހުގެ މުއްދަތެއް ކަރަންޓީނެއްގަ ތިބެން އެބަޖެހޭ. އަނެއްބައި ޤައުމުތަކުން ބޭރަށްގޮސްފަ ވަންނައިރުގައި ވަކި މުއްދަތެއް 120 ދުވަހުގެ ނޫނިއްޔާ 14 ދުވަހުގެ ނުވާ ޕީސީއާރް ޓެސްޓެއް އެބަ އޮންނަންޖެހޭ. މިސާލަކަށް ޗައިނާ، ޗައިނާއިން ރާއްޖެއަށް މީހުން ފޮނުވާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް މިހާރު އޮތީދީފަ. އެހެންނަމަވެސް ޗައިނާއަށް އެނބުރިދާ ކޮންމެ މީހެއްގެ އަތުގައި، އެތެރެވާ ކޮންމެ މީހެއްގެ އަތުގައި 120 ގަޑިއިރުގެ ނުވާ ހަމަނުވާ ޕީސީއާރް ޓެސްޓުގެ ނަތީޖާ. އެ ޕޮޒިޓިވްތޯ ނެގެޓިވްތޯ. ގާތްގަނޑަކަށް 4 ދުވަހުގެ ކުރި، ހަތަރު ދުވަސްނުވާ، އެކަން ކޮށްދޭކަމަށްވަންޏާ ޗައިނާ ޓޫރިސްޓޫން ރާއްޖެއަށް އަންނާނެ. އެހެންވީމަ އަޅުގަނޑުމެން ޗައިނާ ސަރުކާރަށް ޔަޤީންކަންދީފިން. އެ އެދޭގޮތަށް ޗައިނާ ޓޫރިސްޓުން ރާއްޖެއިން ފުރާއިރުގައި، ޓެސްޓު ހެދޭނެ އިންތިޒާމުތައް އަޅުގަނޑުމެން ހަމަޖައްސާނަން. އެއާއެކީގަ ޗައިނާ ސަރުކާރުން، އެބަ އޭގެ ސިސްޓަމެއް ޓެސްޓިން ސިސްޓަމެއް މާލޭ އެއަރޕޯޓުގައި، އެބަ ތައްޔާރުކޮށްދޭ. ދުވާލަކު 1000 ޓެސްޓުހެދޭވަރުގެ.“ ރައީސް ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ، ޗައިނާއާއި އެކީގައި ކަންތައްތައް ކުރިއަށްގެންދާނީ އެ ގޮތަށްކަމަށާއި، އެހެން ޤައުމުތަކާއެކީގައި ވެސް، އެ ޤައުމުތަކުން އެދޭ ގޮތްތައް ހޯއްދަވައިދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ޖުމްލަކޮށް މިއޮތީ ބޯޑަރު ހުޅުވާލާފައިކަމަށާއި، އެކަމަކު ވެސް ޚާއްސަކޮށް ވަކި ޤައުމަކުން ވަކިކަމެއް ވަކި ގޮތަކަށް ނިންމައިފިނަމަ އެ ކަމެއް ކުރެއްވޭތޯ ބައްލަވާނެކަމަށެވެ. މީގެ އިތުރުން ރައީސްވަނީ، ޓޫރިޒަމް ގައިޑްލައިން އޮތީ ތައްޔާރުކުރެވިފައިކަމަށް ވިދާޅުވެ، މިއަދުގެ ކޮންމެވެސް ގަޑިއެއްގައި ނުވަތަ މާދަމާގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ހިއްސާކުރާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: