ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުން ނަން ނެގުމުގެ ފުރުސަތު އިލެކްޝަންސް އިން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ އިސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. 

އީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު، 2020 ޖޫން 23 ވާ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ. 

އީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި  ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ ”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު“ އިންނެވެ. 

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ މިއަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް ކޮރޯނާ ވައިރަހާއި ގުޅިގެން އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށް ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ބިލެއް މަޖިލީޙުން ފާސްކޮށް ރައީސް ވަނީ ތަސްދީގް ކުރައްވާފައެވެ. އަދި އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުނަށް ގާނޫނުއަސާސީއަށް އިސްލާހު ގެނސް އެ ބިލް ވެސް ރައީސް ވަނީ ތަސްދީގް ކުރައްވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: