ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރުތައް ހުޅުވާލުން: ޖުލައިގައި ދެބައިކުޅަ އެއްބައި ރިސޯޓު ހުޅުވާނެ، ބާކީ ރިސޯޓުތައް އޮގަސްޓުގައި!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް ވަނީ އުފުލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ބަންދު ކުރި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ދެބައިކުޅަ އެއްބައި ރިސޯޓުތަކުން ހިދުމަތް ދޭން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދެ މަސް ދުވަހުގެ ބޮޑު މުއްދަތަކަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ، ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފަތުވެރިކަމުގެ ދައިރާއަށް ބޮޑު މަޑުޖެހުމެއް އައުމަށްފަހު، ބޯޑަރު ހުޅުވާލާއިރު 41 ރިސޯޓެއް ޖުލައި މަހުގެ ފަހުކޮޅު ހުޅުވާލާނެއެވެ. އަދި އޭގެ އިތުރުން 31 ރިސޯޓަކުން ވެސް އޮޕަރޭޝަންސްތައް ފަށާނެކަން ޓޫރިޒަމް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ، ބޯޑަރު ހުޅުވާލާއިރު ރާއްޖޭގައި މިވަގުތު އޮޕަރޭޓު ކުރަމުންދާ 147 ރިސޯޓުގެ ތެރެއިން ދެބައިކުޅަ އެއްބައި ރިސޯޓުތަކުން ފަތުރުވެރިންނަށް ހިދުމަތްތައް ދޭން ފަށާނެކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ބާކީ ރިސޯޓުތަކުން އޮޕަރޭޝަންތައް އޮގަސްޓު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އެއާލައިންތަކުގެ ދަތުރުތަކަށް ބަލާ އިތުރު ރިސޯޓުތަކުން ވެސް އެ މީހުންގެ އޮޕަރޭޝަންތައް ފަށާނެކަމަށް ބެލެވޭ ކަމަށެވެ. އެހެން ކަމުން ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރިސޯޓުތަކުން ހިދުމަތް ދިނުމަށް ހުޅުވާލަމުން ދާނެކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ތައްޔާރީތައް ވަމުން އަންނައިރު، މީގެ ކުރިން ވެސް ރާއްޖެއަށް ދަތުރުތައް ކުރަމުން އައި އެއާލައިންތަކުގެ ތެރެއިން 10 އެއާލައިންއަކުން ވަނީ ދަތުތައް ފެށުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަށް ހުށަހަޅާފައެވެ. އެހެން އެއާލައިންތަކުން ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާނެ ދުވަހެއް އަދި އެމްއޭސީއެލްއަށް އަންގާފައި ނުވީ ނަމަވެސް އެ އެއާލައިންތަކުން ސްލޮޓުތައް ދޫކޮށްފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް ވިދާޅުވީ، ހިދުމަތް ދިނުމުގައި ދަތިތަކެއް ނާންނާނެ ކަމަށާއި އެހެން ނަމަވެސް ބައެއް އުސޫލުތަކަށް ގެންނަ ބަދަލުތަކާއި އެކު އެއްފަހަރާ ޑިޕާޗާ ހޯލްއާއި، އެރައިވަލް ޓާމިނަލްއިން ހިދުމަތް ދޭ އަދަދު ދަށް ވާނެ ކަމަށެވެ.

މޫސާ ވިދާޅުވީ ބައެއް އެއާލައިންތަކުން އަހަރު ފަހުކޮޅާއި ދިމާކޮށް، ނުވަތަ އާއްމުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ދިމާކޮށް އެއާލައިންތަކުން ދަތުރުތައް 03 ގުނަ އިތުރު ކުރުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

މޫސާ ސޯލިހް ވިދާޅުވީ އެއާލައިން ލޭންޑު ކުރުމާއި ހަމައިން ފެށިގެން ކްލިއާ ކުރުމަށް ނަގާނީ 20 މިނެޓު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: