ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޕޮޒިޓިވްވީ މީހުންގެ ޢަދަދު 2,305 އަށް

ފޮޓޯ: ޢަބްދުﷲ ޢަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު2,305 އާއި ހަމައަށް އިތުރުވެއްޖެއެވެ.

މި ކަން ކަށަވަރުކޮށްދެއްވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީން(އެޗްޕީއޭ) މިރޭ ހާމަކުރިގޮތުގައި އިތުރު 22 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 2,305 އަށް އިތުރުވެފައެވެ.

އޭގެތެރޭގައި ހިމެނެނީ 04 ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ 14 މީހުންނާއި ލަންކާގެ 04 މީހުންނެވެ.

މީގެ އިތުރުން ބައްޔަށް ފަރުވާހޯދަމުން އަންނަ މީހުންގެތެރެއިން އިތުރު 12 މީހަކު ރަނގަޅުވެފައިވާކަމަށާއި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު 1875 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި ކޮވިޑް-19 އަށް މިހާރު ފަރުވާދެވެމުން އަންނަނީ ޖުމްލަ 417 މީހަކަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި 220 މީހުން އެބަތިބިކަމަށާއި އައިސޮލޭޝަން ފެސިލިޓީތަކުގައި 310 މީހުން މިހާރުވެސް އެބަތިބިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: