ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓާއި ބިންތަކުގެ ކުލި އަހަރު ދުވަހަށް ފަސްކޮށްދީފި

ރިސޯޓާއި ބިންތަކުގެ ކުލި އަހަރު ދުވަހަށް ފަސްކޮށްދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓްތަކުގެ ކުއްޔާއި ސަރުކާރުގެ އެހެން ބިންތަކުގެ ކުލި އެއް އަހަރު ދުވަހަށް ފަސް ކޮށްދީފި އެވެ.

މިދިޔަ އޭޕްރިލްގައި މާލެއިން ކޮވިޑު ފެނުމުގެ ކުރިން ވެސް ރާއްޖޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް، އެލަވެންސްތައް ކަނޑާލުމާއި އަދި މަޖުބޫރުން ނޯޕޭ ލީވްއަކަށް ފޮނުވުން ހިމެނެއެވެ. މާލެއިން ފުރަތަމަ ފަހަރަށް ފެނުނު ކޭސްއާއި އެކު މުޅި މާލެ އެއްކޮށް ލޮކްޑައުންކޮށް އަރާ ފޭބުން މަނާކުރުމާއި އެކު ވިޔަފާރިތަކާއި އަދި އެކި ކުންފުނިތަކުގެ މަސައްކަތްތަކަށް ވެސް ހުއްޓުމެއް އައެވެ.

ރާއްޖޭގެ އިގްތިސޯދަށް ހީވެސް ނުކުރާހާ ބޮޑު ގެއްލުމެއް ވަމުންދާއިރު، އާމްދަނީ ވަންނަ ގިނަ ވަސީލަތްތައް ވަނީ ބަންދުވެފައެވެ. ފަތުރުވެރިކަން އެއްކޮށް ހުއްޓާލުމާއި އެކު، ރާއްޖެއިން މުދާތައް ބޭރު ކުރުމުގައި ވެސް ދަތިތަކެއް ވެގެން ދިޔައެވެ.

ރާއްޖޭގެ މަދު ރިސޯޓެއް ފިޔަވާ އެހެން ރިސޯޓުތަކުން މުވައްޒަފުންނަށް ހަމަ މުސާރަ ދީފައިނުވާއިރު ރޯދަ މަހުގެ އެލަވަންސް ވެސް ދީފައެއް ނުވެއެވެ. އަދި މީގެ އިތުރުން މުވައްޒަފުންނަށް ދޭންޖެހޭ ސާވިސް ޗާޖާއި، އަދި އެ ނޫންވެސް އެލަވަންސްތައް ކަނޑާލާ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ގިނަ މުވައްޒަފުން އެނބުރި ރަށަށް ފޮނުވާލާފައިވަނީ ނޯޕޭ ލީވް ޑޮކިއުމެންޓެއްގައި މަޖުބޫރުން ސޮއި ކުރުވުމަށްފަހުއެވެ.

މާލީ ގެއްލުންތަކާއި ގުޅިގެން ސަރުކާރުން ތައާރަފްކުރި އިކޮނިމިކް ރިލީފް ޕެކޭޖުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ވަކި އަދަދެއް ހާއްސަކޮށްފައި ވެއެވެ. ނަމަވެސް އޭރު އޭގައި ބުނެފައިވަނީ، މުވައްޒަފުން ވަކކޮށް، ނޯޕޭއަށް އެ ރިސޯޓަކުން ފޮނުވާފައިވާނަމަ ރިސޯޓަށް ލޯނު ނުދޭގޮތަށެވެ. އޭގެ ފަހުން އަނެއްކާވެސް އެ އުސޫލަށް ބަދަލު ގެނެސް ރިސޯޓުތަކުން މުވައްޒަފުންނަށް އަލުން ވަޒީފާ ދޭން އެއްބަސްވާނަމަ ލޯނު ދިނުމަށް ނިންމިއެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ.

މީގެ ކުރިން ވެސް ރިސޯޓުތަކުގެ ކުލި ފަސްކޮށްދިނެވެ. ރިސޯޓްތަކުގެ ކުއްޔާއި ސަރުކާރުގެ އެހެން ބިންތަކުގެ ކުލި އެއް އަހަރު ދުވަހަށް ފަސް ކޮށްދީ، ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި އަހަރުގެ ތިން ވަނަ ކުއާޓާއާއި ހަތަރު ވަނަ ކުއާޓާއަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލީގެ އިތުރުން، އަންނަ ޑިސެންބަރުގެ ނިޔަލަށް ދައްކަން ޖެހޭ ބިމު ކުލި ދައްކަން ޖެހޭނީ، 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު އިގުތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރިއާއި ރައްޔިތުންނަށް މާލީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށްދެމުން އަންނަކަމަށެވެ.

މިގޮތުން ކުލި ދައްކަނީ ތިން މަހުން އެއްމަހު ކަމަށްވާ ނަމަ، ފަސް ކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ އަހަރުގެ ހަތަރު ކުއާޓަރަށް ބަހާލައިގެންނެވެ. ޖޫން މަހާއި، ސެޕްޓެންބަރު މަސް، އަދި ޑިސެންބަރުގެ އިތުރުން 2022 ވަނަ އަހަރުގެ މާޗު މަހުގައެވެ. ކުލީގެ ފައިސާ ދައްކަނީ މަހުން މަހަށްނަމަ، ކުލި ދައްކަން ޖެހޭނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން 12 މަސް ދުވަހަށް ބަހާލައިގެންނެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ޖުރިމަނާއެއް ނުހިނގާނެއެވެ.  ނަމަވެސް، އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ފައިސާ ދައްކަމުން ނުދާ ނަމަ، ޖޫރިމަނާ އާއި އިންޓަރެސްޓް އަރާނެ  ކަމަށް ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: