ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީން ނިންމީ އާމިރާ ފިޔަވައި އެހެން މެމްބަރުން ވަކިކުރަން!

ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުން ފާތިމަތު އާމިރާ ފިޔަވައި ދެންތިއްބެވި ހަތަރު މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ އާމިރާގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމް (އެލިޝް) އާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގުއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ރިޔާސަތުގައި އިންނެވި ކޮމިޓީން އާމިރާ ނޫން އަނެއް ހަތަރު މެމްބަރުން ވަކިކުރަން ނެގި ވޯޓުގައި 3 މެމްބަރަކު ވޯޓެއް ނުދެއްވަވައެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގު (ފިޔެސް މޯޑު) އާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ.

ކޮމިޓީގައި މި މައްސަލައިގައި ނެގި އެއްވެސް ވޯޓެއްގައި ރޮޒައިނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ.  އާމިރާއަކީ ރޮޒޭނާގެ ބޮޑުދައިތައެވެ. މެމްބަރު ޝަފީޤާއި ހުޝާމް ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވީ އުފެދުނު ޚިޔާލުތަފާތުވުމެއްގެ ސަބަބުންނެވެ.

ޝަފީޤާއި އުޝާމް ވިދާޅުވީ ކޮމިޝަނުން މެމްބަރުން ވަކިކުރާ ނަމަ ހުރިހާ ބޭފުޅުންނާ މެދު ވެސް އެގޮތަށް އަމަލު ކުރުމަށެވެ. ނަމަވެސް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވީ އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހުސެންގެ އެ ހުށަހެޅުން  ފާސްވީ ފަސް މެންބަރުންގެ ވޯޓުންނެވެ. ހަތަރު މެންބަރަކު އެ ގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

ސީއެސްސީގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ވަކިކުރަން ކޮމިޓީން ނިންމިއިރު، މި ކަމުގައި ފަހު ގޮތެއް ނިމޭނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.

އާމިރާ އަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ކަމާއި ސީއެޗްއެސްއީގެ ޕްރިންސިޕަލްކަން ކުރެއްވާފައިވާ ކަނބަލެކެވެ.

އާމިރާ ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރެއްވީ މި ސަރުކާރުގައެވެ. އެއީ ޑިސެމްބަރު 2، 2018 ގައެވެ.

މީގެ ކުރިންވެސް އާމިރާ ނޫން ހަތަރު މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިން މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވި އެވެ. އެކަމަކު އޭރު ކޮމިޓީން އެގޮތަށް ނިންމާފައިވަނީ ކޮމިޓީގައި މަދު މެމްބަރުންތަކެއް ތިއްބެވި ބައްދަލުވުމެއްގައި ކަމަށް ވާތީ އެ މައްސަލަ އަނބުރާ އޮތީ ފޮނުވާލައިފަ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: