ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އުނބަށް ޖެހީއޭ“ ބުނުމަކީ މިޒަމާނަށް ބަލާއިރު ވަރަށް ބޯދާ ބުނުމެއް : ޑރ ޖަމީލް

ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

”އުނބަށް ޖެހީއޭ“ ބުނުމަކީ މިޒަމާނަށް ބަލާއިރު ބޭނުންކުރުން ވަރަށް ބޯދާ ބުނުމެއްކަމަށް ކުރީގެ ނަިއބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ޕީޕީއެމްއާއި ގުޅިވަޑައިގަތް އަދި މިހާރު ރައީސް ޔާމިން އަބްދުލްﷲ ޔާމީންގެ އެޑްވައިޒަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ ޖަމީލް، ސަންގު ޓީވީގެ ކަބަރަށްފަހު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވިދާޅުވީ ސިޔާސީ މައިދާނުގައި މަސައްކަތްކުރާ ބޭފުޅުންގެ ދިރާސާއެއް ހައްދަވައިފިނަމަ އެއް ފިކުރެއް މަތީގައި ގިނަ ދުވަސްތަަކެއް ވަންދެން އެއް ބަޔަކު ތިބިތަން ނުފެންނާނެ ކަަމަށެެވެ. އެހެންކަމުން ”އުނބަށް ޖަހައިފިއޭ“ ބުނުމަކީ ސިޔާސީ މައިދާނުގައި ވަރަށް ބޯދާ ބުނުމެއް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީ ފުރަތަމަ އުފެދިގެން އައިއިރު އޭރު ޕާޓީގެ އިސްސަފުގައި ތިބި މެމްބަރުންގެ ވާހަކަތައް ވަނީ މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ.

ޑރ ޖަމީލް ވިދާޅުވީ ރައްޖޭގައި މައިގަނޑު ފިކުރުތަކުގެ ގޮތުގައި އޮތީ ދެފިކުރެއް ކަމަށެވެ. އެއް ފިކުރަކީ އެމްޑީޕީ ކަމަށާއި އަނެއް ފިކުރަކީ މިހާރު އޭގެ ޒާތުގައި ޕީޕީއެމް ފިކުުރު ކަމަށެވެ.

ޖަމީލަކީ އަވަސް އަވަހަށް ފިކުރު ބަދަލުކުރައްވާ ބޭފުޅެއްގެ ގޮތުގައި އާންމުން ސިފަ ކުރައްވާތީ އެކަމަށް ރައްދު ދެއްވައި ޖަމީލް ވިދާޅުވީ އެއްވެސް އިރެއްގައި ފިކުރު ބަދަލުނުކުރައްވާ ކަމަށާއި އެމްޑީޕީއާއެކު މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރުގެ މަގާމް ފުރުއްވިއިރު ކުރެއްވީ އިސްލާހީ މަސައްކަތް ކަމަށް ވިދާޅުވިއެވެ. އެގޮތުން އޭރު ވަކާލާތު ކުރެއްވީ މައިގަނޑު ގޮތެއްގައި އިންސާނީ ހައްގުތަކަށްކަމަށް ވިދާޅުވިއެވެ.

ބޭރު ގައުމުތަކުގައި ތިއްބެވުމަށްފަހު އެނބުރި ރާއްޖެއައުމަށްފަހު، ކަންކަންވެގެން ދިޔައީ އެއްބަސްވިގޮތަށް ނޫންކަން ޑރ ޖަމީލް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރު ހިންގެވުމާއި ހަވާލުވެ ފުރަތަމަ ކަންކަން ކުރަން ފެށިގޮތްވެސް ކަމުނުދާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމަށް އޭރު ހުންނެވި މަގާމުގައި ޖުމްހޫރީ ޕާޓިގައި ހުރެގެން އެކަން ކުރެވޭނެކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، މިހާރު ގައުމުގައި ހިނގަމުންމިދާ ރޭޕް ކޭސްތަކުގައި އަމަލުކުރާ ގޮތް ކަމުނުދާކަމަށް މީގެ ދެއަހަރުފަހުން ބުނުމުން އެއީ އެންމެ ރަނގަޅުގޮތަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެވާހަކަތައް ދެއްކުމަށް ދެއަހަރު ވަންދެން ނުވަތަ އެއަށްވުރެ ގިނަ ދުވަސްވަންދެން މަޑުކުރަންޖެހުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: