ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ޖުލައިގެ މަހުގެ 14 ދުވަހަށް އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ޖޫން މަހުގެ 14 ދުވަހަށް އިތުރުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު ޖުލައި މަހުގެ 14 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

ވިޑާއި ގުޅިގެން އެންމެ ފުރަތަމަ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ސިއްހީ ކުއްލި ހާލަތު ފުރަތަމަ އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.

އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މިރޭ އެ މުއްދަތު ހަމަވާތީ މިރޭ ހެލްތް މިނިސްޓަރު މިނިސްޓަރު އަމީން ސޮއިކުރައްވާ ނެރުއްވި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނުކުރާ ގަރާރުގައި ބުނެފައިވަނީ ކޮވިޑް19 ފެތުރުމުގެ ފުރުސަތު އޮތުމުން އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ޖުލައި މަހުގެ 14 ވަނަ ދުވަހު ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: