ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުމާގެ ސުވާލެއް ޑާކްރެއިންއަށް: ޖުމައްޔިލް ލައްވާ 04 އަހަރު ފިލްމު ކުޅުވީ، ”އޭރު ރޭޕްއާއި އެއްކޮޅު ވެގެން؟“

ފިލްމީ ތަރި ޖުމައްޔިލްގެ މައްޗަށް ރޭޕްގެ ތުހުމަތު/ ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ފިލްމީ ތަރި، އަހުމަދު ނިމާލްގެ ދަރިފުޅު ޖުމައްޔިލް ނިމާލް އޭނާގެ އަންހެން ކޮއްކޮ ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފައެވެ. ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ފިލްމީ ތަރި ޖުމައްޔިލްގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައި ދައުވާ އުފުލި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ކޯޓުން ވަނީ މައްސަލަ ބޭރުކޮށްފައެވެ. އަދި މައްސަލަ އިސްތިއުނާފް ކުރުމަށް ބެލި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުލަތުން ނިންމީ ހައިކޯޓުގައި އިސްތިއުނޫފް ނުކުރުމަށެވެ. 

އުމުރުން 17 އަހަރުގައި ޖުމައްޔިލްގެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާކަމަށް އޭނާގެ ދެބެއިންގެދަރި ކުއްޖަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އެ އަންހެން ކުއްޖާ ވަނީ 2016 ވަނަ އަހަރު ހިނގައިދިޔަ އެ ހާދިސާގެ ތަފްސީލުތައް ވެސް ހިއްސާކޮށް މިއަދާއި ހަމައަށް ވެސް އެއްވެސް އިންސާފެއް ލިބިފައިނުވާކަމަށް އެ އަންހެން ކުއްޖާ ވަނީ ބުނެފައެވެ. އެ ކުއްޖާ ބުނެފައިވަނީ މައްސަލަ ހިނދިގެން ދިޔައީ ނުފޫޒުގަދަ ބައެއްގެ ސަބަބުންނެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޖިންސީ ގޯނާގެ އެއްތައް މައްސަލައެއް ފެންމަތިވެގެން އައިއިރު، ޖުމައްޔިލްއަށް ކުރެވުނު ތުހުމަތުތަކަށް އޭނާގެ ބައްޕަ ވަނީ ”އެއީ އައުޓް ޑޭޓަޑް“ ވާހަކައެއްކަމަށް ބުނެފައެވެ. އަދި ޖުމައްޔިލްގެ ދެ އަންހެން ކޮއްކޮ ވެސް ވަނީ އޭނާގެ ދިފާއުގައި ޓްވީޓުތަކެއްކޮށްފައެވެ.

އެ ކޭސްއާއި ގުޅިގެން ޖުމައްޔިލް ހައްޔަރު ކުރިކަން ފުލުހުން ކަށަވަރުކޮށް ނުދެއެވެ. އޭރު ވެސް ހައްޔަރު ކުރީ ޖުމައްޔިލްކަމަށް ސޯޝަލް މީޑިއާގައި ރިޕޯޓު ކުރިއިރު ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާތީ މީޑިއާތަކުން އެ ކޭސް ރިޕޯޓު ކުރީ ”މަޝްހޫރު ފިލްމީ ތަރި“ އެއްގެ ނަމުގައެވެ.

މި މައްސަލައާއި އެކު ނިމާލް ވަނީ ޖުމައްޔިލްގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކާފައެވެ. އަދި އެ ކޭސްގައި ކޮމެންޓުކޮށް ޓްވީޓު ކުރި ކުދިންގެ ޕޯސްޓުތަކަށް ރިޕްލައި ވެސް ކުރިއެވެ.

ޖުމައްޔިލް މީގެ ކުރިން އެހެން ކުއްޖަކަށް ބަރަހަނާ ހާލުގައި ފޮނުވާފައިވާ ސްނެޕް ވީޑިއޯތަކާއި ފޮޓޯތަކެއް މިހާރު ވަނީ ސޯޝަލް މީޑީއާގައި ލީކުކޮށްލާފައެވެ.

ޖުމައްޔިލްއަކީ ފިލްމީ ތަރިއަކަށްވެފައި ގިނަ އާއްމުންވަނީ، މައްސަލައިގައި ފިލްމީ ތަރީން އެއްވެސް ކޮމެންޓެއް ނުކުރަނީ ކީއްވެގެންތޯ ވެސް ސުވާލުކޮށްފައެވެ. އަދި ޖުމައްޔިލް އަކީ ޑާކްރެއިންއިން އުފެއްދި ޕްރޮޑަކްޓަކަށް ވާއިރު، ޑާކްރެއިން އެންޓަޓެއިންމެންޓުން އޭނާ ބޭން ކުރުމަށް ގިނަ ބަޔަކު ގޮވާލިއެވެ. އެއަށްފަހު އެ ފިލްމް ޕްރޮޑަކްޝަން ހައުސިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖުމައްޔިލްގެ މައްޗަށް ކުރި ތުހުމަތުތައް މީގެ ކުރިން ނޭނގޭ ކަމަށެވެ. އަދި އެކަން އެނގުނީ ދާދިފަހުން ސޯޝަލް މީޑިއާއިންކަމަށާއި ޖުމައްޔިލް ސޮއިކޮށްފައިވާ ފިލްމްތައް މިހާރު އޭނާގެ އަތުން ނަގާފައިވާ ކަމަށެވެ.

https://twitter.com/DarkRainEnt/status/1279007950548295680

ނަމަވެސް، ޖުމައްޔިލްގެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ކުއްޖާ ވަނީ އެކަން މީގެ ކުރިން ވެސް ޑާކްރެއިންއަށް އެނގޭނެ ކަމަށް ބުނެފައެވެ.

މައްސަލައިގައި ފޭސްބުކްގައި ޕޯސްޓެއް ލިޔެ ފިލްމީ ތަރި ނިއުމާ މުހައްމަދު ބުނެފައިވަނީ ޖުމައްޔިލްއާއި ދެކޮޅަށް ފިލްމީ ދާއިރާގައި މިއަދު އަޑުއުފުލާ މީހުންނަކީ އޭނާ މައްސަލަ އެނގިތިބެ އެކުގައި ފިލްމު ކުޅުނު މީހުން ކަމަށެވެ. އަދި ދެން ތިބީ އެ މައްސަލަ އެނގިތިބެ އޭނާ ލައްވާ ފިލްމު ކުޅުވި މީހުން ކަމަށެވެ. އެހެން ކަމުން އެއީ ”އޭރު އެއްކޮޅުވެފައި، މިހާރު ދެކޮޅުވުން ތޯ“ ނިއުމާ ސުވާލު ކުރިއެވެ.

 

ޖުމައްޔިލްގެ ކޭސްއާއި ގުޅިގެން ނިއުމާކޮށްފައިވާ ފޭސްބުކް ޕޯސްޓު/ ސްޓޭޓަސްގެ ސްކްރީންޝޮޓްއެއް

ގެ ފިލްމީ ދާއިރާގައި މި ވަގުތު އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު އެކްޓަރުންގެ ލިސްޓްގެ އެންމެ ކުރީގައި އުޅޭ ޖުމައްޔިލްގެ ގިނަ ފިލްމުތަކެއް އަދިވެސް ކުރިޔަށް އެބަހުއްޓެވެ. އޭގެ ތެރޭގައި އައި ފިލްމްސްގެ ”ނީނާ“ އާއި މާސްކޭ ސްޓޫޑިއޯގެ ”ޕްލޭން ބީ“ ހިމެނެ އެވެ.

މި މައްސަލައިގައި ޕީޖީ ހުސައިން ޝަމީމު ވަނީ އިންސާފު ހޯދައި ދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: