ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުޑަ ކުއްޖަކަށް ބްލެކްމެއިލްކޮށް ރޭޕް ކުރި އާއިލާ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް!

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި އޭރު މާލެ ތެރޭގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ބްލެކްމެއިލްކޮށް އެ ކުއްޖާ ރޭޕް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުއްޖާއަށް ރޭޕް ކުރި 33 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 04 ވަނަ ދުވަހުއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ، މިޔަވާލި، ޙުސައިން ޒާހިނުއެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އަހަރުގެ ކުރީކޮޅު ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި އެކު މިފަދަ އެތައް މައްސަލައެއް ފުލުފުލުގައި ފެންމަތިވެގެން އައެވެ. އަދި ގިނަ މައްސަލަތަކީ ތަހުގީގީ އިދާރާތްތަކަށް ހުށަހެޅުމުން ވެސް ކުރިޔަށް ނުގެންގޮސްވަނިކޮށް، މީޑިއާތަކާއި ސޯޝަލް މީޑިއާއިން ފެންމަތިކޮށްލި ކޭސްތަކެވެ. އަދި އެތައް މައްސަލައެއް ވަނީ ތަހުގީގު ނުކުރެވި ފުނިޖެހިފައެވެ.

ޖިންސީ ގޯނާގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންނާއި މެދު ފިޔަވަޅު ނޭޅޭ މައްސަލައިގައި އާއްމުންގެ ނުރުހުން އިތުރުވަމުން އަންނައިރު ފާއިތުވީ މަހެއް ހާ ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތަކުގައި ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައިވެއެވެ.

އޭރު މަޖިލީހުގެ ކޮމިޓީތައް ވެސް ބާރު ސްޕީޑެއްގައި މަސައްކަތް ފެށިއެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި މަސްއޫލިއްޔަތުތައް ވެސް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެކަމުގެ މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި ދައުލަތުގެ މުވައްސަސާތައް ޒިންމާދާރުވެ، މި ފަދަކަންކަމުގައި ޝާމިލުވާ މީހުންނަށް ވީހާވެސް ހަރުކަށި އަދަބު ދިނުމަށް އާއްމުންދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: