ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 11 ދިވެހިންނާއެކު ބަލިޖެހުނު ދިވެހިންގެ ޢަދަދު 900 އިން މައްޗަށް

ފޮޓޯ:މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް 11 ދިވެއްސަކު ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު 900 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ ބުދަދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނީ، އަންގާރަދުވަހުގެ 18:00 އިން ފެށިގެން، ބުދަދުވަހުގެ 18:00 އާއި ހަމައަށް، އިތުރު 11 ދިވެއްސަކު ޕޮޒިޓިވްވެ، ބަލިޖެހުނު ދިވެހިންގެ ޢަދަދު މިހާރު 910 އަށް އަރާފައިވާކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ، އެންމެ ފަހުން ޕޮޒިޓިވްވި 11 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 5 މީހަކުވެސް ޕޮޒިޓިވްވެފައިވާކަމަށާއި، މި ގޮތުން ރާއްޖެއިން މިހާތަނަށް ޖުމްލަ 2،517 މީހަކަށް މި ބަލި ޖެހިފައިވާކަމަށެވެ. ނަމަވެސް މިހާރު ފަރުވާދެމުން އަންނަނީ 319 މީހުންނަށްކަމަށާއި، އިތުރު 22 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މި ގޮތުން ފަރުވާކުރަމުންއައި މީހުންގެތެރެއިން މިހާތަނަށް ޖުމްލަ 2180 މީހަކު ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ބުދަދުވަހުގައި ކޮވިޑް-19 ޖެހިފައިވާ މީހަކު ނިޔާވިކަމަށް ވެސް އެޗްޕީއޭއިން ވަނީ ރިޕޯޓުކޮށްފައެވެ. އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވި 70 އަހަރުގެ އަންހެންމީހާ ޕޮޒިޓިވްވެފައިކަން އަންގާފައިވަނީ، އޭނާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދަނިކޮށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނިޔާވި އަންހެން މީހާއަކީ، ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 13 ވަނަ މީހާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މި އަންހެން މީހާއާއެކު ރާއްޖެއިން މިހާތަނަށް 07 ދިވެއްސަކުވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންކަން ފާހަގަކޮށްލެވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނިޔާވި ދިވެހިންގެތެރޭގައި ހިމެނެނީ، 83 އަހަރުގެ އަންހެނަކާއި، 89 އަހަރުގެ އަންހެނަކާއި، 70 އަންހެނެއްގެ އިތުރުން، 88 އަހަރުގެ ފިރިހެނަކާއި، 92 އަހަރުގެ ފިރިހެނަކާއި، 80 އަހަރުގެ ދެ ފިރިހެނުންނެވެ. މީގެ އިތުރުން ރާއްޖެއިން ނިޔާވި ބިދޭސީންގެތެރޭގައި ހިމެނެނީ، ބަންގްލަދޭޝްގެ 04 މީހެއްގެ އިތުރުން ޢުމުރުން 43 އަހަރުގެ ޕިލިޕީންސް މީހެކެވެ. މި ގޮތުން ބަންގްލަދޭޝްގެ މީހުންގެތެރެއިން ނިޔާވެފައިވަނީ 54 އަހަރުގެ ފިރިހެނަކާއި، 45 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނެއްގެ އިތުރުން، 33 އަހަރުގެ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: