އިސްތިއުފާ ދެއްވަން އެންގެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސްގެ މަޤާމުގައި ވަކިކުރުމަށް އެޕާޓީގެ ކައުންސިލަށް ހުށަހަޅައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށައަޅާފައިވާ ކުއްލި މައްސަލާގައި ބުނެފައިވަނީ އެ ޕާޓީގެ ރައީސާއި އަދި އެ ޕާޓީގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަލީ ވަހީދު، މިނިސްޓަރުކަމުގެ މަގާމުން ”އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށް“ ރައީސުލްޖުމުހޫރިއްޔާ އަންގާފައިވުމާއި އަދި އެމަގާމުން އޭނާ އިސްތިއުފާދެއްވާފައިތީ ޖޭޕީގެ ރައީސް ކަމުގެމަގާމުން ވަކިކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހަޅާ ކަމަށެވެ.
ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކައުންސިލް މެމްބަރު އައިޝަތު ނަހުލާ އާއި ގުޅޭގޮތުން އަޚްލާޤީ މިންގަޑުން ބޭރުވެ ބޭއަދަބީ ބަސްތައް ބޭނުންކޮށް ފުރައްސަރަކޮށްފައިވާ އޯޑިއޯތަކެއް ލީކުވެފައިވާ މައްސަލަވެސް ޖޭޕީގެ ކައުންސިލަށް ހުށަހަޅައިފައިވެއެވެ. އަދި ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު އަލީ ވަހީދު މިނިސްޓަރު ކަމަށް ހަމަޖެހިގެން ދިއުމާއި އެކު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެމިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގެ ވާހަކަވެސް ފާހަގަކޮށްފައިވެއެވެ.
ޖޭޕީގެ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައިގައި އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާގެ އެ މައްސަލަތައް ވަނީ ޖެންޑަރ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހުށަހެޅި ތަހުގީގް ކުރަން ފަށާފައި ކަމަށް ބުނެފައިވެއެވެ.
މީގެ ކުރިންވެސް އަލީ ވަހީދާއި ގުޅޭ މައްސަލައެއް ކައުންސިލަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ވަކިގޮތެއް ނިންމުމުގެ ކުރިން އެޕާޓީން އޭނަ އާއި މެދު ފިޔަވަޅު އަޅާ ވަކިކުރަން ނިންމުމަކީ ރަގަޅު ކަމެއް ނޫން ކަމަށް އޭރު ޕާޓީން ނިންމާފައި ވީނަމަވެސް މިއަދުގެ ހަލާތު އޭނަ އާއި މެދު ބަދަލުވެފައި ވާކަމަށް ކައުންސިލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
”މިއަދު ރައީސުލްޖުމްހޫރިއްޔާ އޭނާ އިސްތިއުފާ ދެއްވަން އެންގެވި އެންގެވުމަކީ އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީގޯނާގެ ސީރިއަސް ތުހުމަތެއް ކަމަށް ބައްލަވާ އޭނާ މިނިސްޓަރުކަމުން ވަކި ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް މަޖުބޫރުވި ސަބަބުތަކެއްކަމަށް ދެކެމެވެ.“
ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރެވިފައިވަނިކޮށް ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ ބެހެއްޓުމަކީ ޕާޓީގެ މައިގަޑު މަގްސަދާއި ހިލާފުވެ އެޕާޓީއާއި މެދު މީހުން ދެކޭގޮތް ބަދަލުވެ ޕާޓީއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ވެސް ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައިގައި ވެއެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަލީ ވަހީދު، މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ވަނީ ފަށާފައެވެ.
ޖެންޑާ މިނިސްޓްރީއިން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. މި މައްސަލަ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ހުށަހެޅީ ވެސް ޖެންޑާ މިނިސްޓަރު އައިޝާ ދީދީއަށެވެ. އަދި އޭގެ ފަހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް ގޮސް އަލީ ވަހީދުގެ ވާހަކަތައް ހިއްސާކޮށްފައެވެ.
މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ.

