ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަޒީރު ކަމުން ވަކިކޮށް ޓުއަރިޒަމް މިނިސްޓްރީ ހިންގުން ފައްޔާޒްއަށް

ރައީސް ސާލިޙާއި އަދި އަލީ ވަހީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން އެ މަގާމުން އޭނާ ވަކި ކޮށް ޓޫރިޒަމް މިނިސްޓްރީ ހިންގުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއާއި ހަވާލުކޮށްފިއެވެ. 

ރައީސުލްޖުމްހޫރީއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓުވިޓްގައި ވިދާޅުވީ  ރައީސުލްޖުމްހޫރިއްޔާ  އިބްރާހިމް މުހައްމަދު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި ޢަލީ ވަޙީދު މިއަދު އެމަޤާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އަދި، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ ކަމަށެވެ. 

https://twitter.com/MvSpokesperson/status/1281114064001753088

ރައީސް ސާލިޙް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރެއްވިއިރު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ވަނީ އަލީ ވަހީދުއަށް އަންގަވާފައެވެ. 

އެގޮތުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސާލިޙް އެންގެވިކަން ހާމަކުރައްވާ ހޫދު ކުރެއްވި ޓުވިޓްގައި ވިދާޅުވެފައި ވަނީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް  ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ. އަދި އެ ތުހުމަތުތަކާއި ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސާލިޙް އެންގެވިއެވެ. 

ފުލުހުން ބުނެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ރޭގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

މިކަމާއި ގުޅިގެން އަލީ ވަހީދު ރޭ ކުރެއްވި ޓުވީޓުގައި ވަނީ މިދުވަސްވެސް ހިނގައިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތެދުވެރިކަމާއެކު ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބުނީތީ ﷲއަށް ޝުކުރުކުރާ ކަމަށެވެ. އެމައްސަލަ ބަލައި ތަހުގީގުކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ ބުނެފައެވެ.

ޖިންސީގގޯނާގެ ތުހުމަތުގައި އަލީ ވަހީދު ވަޒީރު ކަމުން ވަކިކުރެއްވިއިރު  މި ސަރުކާރުގެ ބައެއް އަންހެން ވަޒީރުންނަށް ނިސްބަތްކޮށް ހުތުރު ވާހަކަތަކެއް ދެއްކި އޯޑިއޯތަކެއްވެސް ވަނީ ލީކްކޮށްފައެވެ. އެ އޯޑިއޯތަކުގައި އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅޭގޮތުން ވަރަށް ބޭއަދަބީ ވާހަކަތައް ވަނީ ދައްކާފައެވެ. އަދި މި ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްވެސް ވާހަކަދައްކާފައިވެއެވެ.

އެކަމާއި ގުޅިގެންވެސް އަލީ ވަހީދު މަގާމުން ދުރުކުރުމަށް ގިނަ ބަޔަކު ރައީސް ސޯލިހަށް ވަނީ ގޮވާލާފައެވެ. އެ އޯޑިއޯގެ މައްސަލަ ބެލުމަށް ނަހުލާ ވަނީ ރައީސް ސޯލިހަށް ދަންނަވާފައެވެ. އަދި އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: