ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އެންމެ ފަހުން ނިޔާވި މީހާގެ ކޮންޓެކްޓްސްގެ ގޮތުގައި 26 ފަރާތެއް ފާހަގަކުރެވިފައިވޭ- ޑރ.ނަޒްލާ

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އެންމެފަހުން ނިޔާވިމީހާއާއި ގުޅިގެން މިހާތަނަށް، އެ މީހާގެ ކޮންޓެކްޓްސްގެ ގޮތުގައި 26 ފަރާތެއް ފާހަގަކުރެވިފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ފަހުން މީހަކު ނިޔާވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރިޕޯޓުކުރީ މިދިޔަ ބުދަދުވަހުގައެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފަހުން ނިޔާވެފައިވަނީ ޢުމުރުން 70 އަހަރުގެ އަންހެނެއްްކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ނިޔާވި އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަވެގެންދިޔައީ އެ މީހާގެ ޖަނާޒާގެ ކަންކަން ކުރިއަށްދަނިކޮށެވެ.

މި ގޮތުން ބުރާސްފަތިދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކޭހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ވޭތުވެދިޔަ ބުދަ ދުވަހު ނިޔާވި ޢުމުރުން 70 އަހަރުގެ ދިވެހި އަންހެންމީހާ އައިޖީއެމްއެޗަށް ގެނެވިފައިވަނީ، ބުދަ ދުވަހުގެ މެންދުރު 13:00 ގައިކަމަށެވެ. ހަކުރު ބައްޔާއި، ފުއްޕާމޭގެ ބަލިފަދަ ބައެއް ކްރޮނިކް ޑިޒީސްތަކަށް ފަރުވާކުރަމުންދިޔަ، އެ މީހާ ނިޔާވެފައިވާކަމަށް ޑިކްލެއަރ ކުރެވުނީ އެ ދުވަހުގެ 13:10 ގައިކަމަށާއި، ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގީ 13:45 ގައިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އެ މީހާ ސަހަރާއަށް ގެންދެވުނީ 13:50 ގައިކަމަށާއި، އެ މީހާގެ ގައިން ނެގި ސާމްޕަލުގެ ނަތީޖާ ލިބިފައިވަނީ އެ ދުވަހުގެ 15:30 ގައިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މި ގޮތުން މި ކޭހާއި ގުޅިގެން މިހާތަނަށް ޖުމްލަ 26 މީހަކު ކޮންޓޭކްޓޤސްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށާއި، އެ އެންމެން ވެސް މިހާރު ކަރަންޓީނުކުރެވިފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މި ކޭހާއި ގުޅިގެން ކަންތައްތައް ހިނގައި ދިޔަގޮތް އެޗްއީއޯސީގެ ޓީމުންނާއި، އައިޖީއެމްއެޗުން ބަލަމުންދާކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

”އައިޖީއެމްއެޗަށް އެ ފަރާތް ގެނެވިފަވަނީ، މެންދުރު 1 ޖެހިއިރު، އަދި ޑެތް ޑިކްލެއަރކުރެވިފަ ނިޔާވެފައިވާކަމަށް ޑިކްލެއަރ ކުރެވުނީ 1:10 ގަ. ސާމްޕަލް ނެގިފަވަނީ 1:45 ގަ. އަދި ސަހަރައަށް ގެންދެވިފަވަނީ 1:50 ގަ. ކޮވިޑް ރިޒަލްޓްގެ ނަތީޖާ ލިބިފަވަނީ، 3:30 ގަ. އެއްފަރާތެއް.. ހޮސްޕިޓަލަށް ގެނެވުނު އިރުވެސް ނިޔާވެފަވާކަމަށް ފާހަގަކުރެވޭ. އަދި އެ ފަރާތަކީ ހަކުރު ބައްޔާއި އަދި ފުއްޕާމޭގެ ބަލިފަދަ ބައެއް ކްރޮނިކް ޑިޒީސްތަކަށް ފަރުވަކުރަމުންދިޔަ ފަރާތެއްކަން ވެސް ފާހަގަ ކޮށްލެވޭ. މި ކޭސްއާއި ގުޅިގެން މި ވަގުތު 26 ފަރާތެއް ކަރަންޓީނުކުރެވިފަ ވަނީ ކޮންޓެކްޓްސްގެ ގޮތުގަ.“ ޑރ.ނަޒްލާ

ބުދަދުވަހު ނިޔާވި މީހާގެ އިތުރުން، ކޮވިޑް-19 ޖެހިގެން، ރާއްޖެއިން 07 ދިވެއްސަކު ދިވެއްސަކު ނިޔާވެފައިވާއިރު، އެ ހުރިހައި އެންމެންނަކީ ވެސް ޢުމުރުން ދުވަސްވީ މީހުންކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން ބަލާއިރު، 83 އަހަރުގެ އަންހެނަކާއި، 89 އަހަރުގެ އަންހެނަކާއި، 70 އަންހެނެއްގެ އިތުރުން، 88 އަހަރުގެ ފިރިހެނަކާއި، 92 އަހަރުގެ ފިރިހެނަކާއި، 80 އަހަރުގެ ދެ ފިރިހެނުންވަނީ މި ބަލީގައި ނިޔާވެފައެވެ. މި 07 ދިވެހިންގެ އިތުރުން ވެސް ރާއްޖެއިން ކޮވިޑްޖެހުުނު 05 ބިދޭސީއަކު ވެސް ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 04 މީހުންގެ އިތުރުން ޕިލޕީންސް މީހެކެވެ. ބަންގްލަދޭޝްގެ މީހުންގެތެރެއިން ނިޔާވެފައިވަނީ 54 އަހަރުގެ ފިރިހެނަކާއި، 45 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނެއްގެ އިތުރުން، 33 އަހަރުގެ މީހެކެވެ. މީގެ އިތުރުން ނިޔާވި ޕިލިޕީންސް މީހާގެ ޢުމުރަކީ 43 އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: