ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4924 ކުންފުންޏެއް އުވާލައިފި

ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ސަބަބުތަކާއިހުރެ 4924 ކުންފުންޏެއް އުވާލުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމަވައިފިއެވެ.

އެމިނިސްޓްރީއިން އާންމުކޮށްފައިވާ ނޫސްބަޔާނުަގއި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ގަވާއިދުގެ 2 ވަނަ މާއްދާގެ ދަށުން، އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތައް ކަނޑައަޅައި، 1979 އިން 2018 ގެ ނިޔަލަށް ޖުމްލަ 6050 ކުންފުންޏެއް ރެކޯޑުކުރެވިފައިވާ ކަމަށެވެ. އަދި އެއިން ކުންފުންޏެއް ހިންގަން ބޭނުންވާނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް އެންގެވުމަށް އެދި، 20 ޖޫން 2019 އިން 3 ޑިސެމްބަރ 2019 އާ ދެމެދު އިޢުލާނުކޮށްފައިވާ ކަމަށެވެ. އަދި އިސްވެ ދެންނެވުނު 6050 ކުންފުނީގެ ތެރެއިން، އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަ، ނުވަތަ އެއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްޞީލު، މިނިސްޓްރީއަށް ފޮނުވުމަށް މުހުލަތުތަކެއް ދެވިފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

މިގޮތުން، މިނިސްޓްރީން ކުރި އިއުލާނުތަކާއި ގުޅިގެން، ޖުމްލަ 111 ކުންފުންޏެއް ހިންގުމަށް ބޭނުންވާކަމަށް އެ ކުންފުނިތަކުން އަންގާފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މިނިސްޓްރީން ކުރި އިޢުލާނުތަކާ ގުޅިގެން 1017 ކުންފުންޏަކާގުޅޭ އެކި މައްސަލަތައް މިނިސްޓްރީއަށް ވަނީ ހުށައަޅާފައެވެ.. މިގޮތުން، ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށްފައި ނެތް ކުންފުނިތަކާއި، އެއްގަމުގައި ދުއްވާ އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދާ ގުޅޭ މައްސަލަތައް ހުރި ކުންފުނިތަކާއި، އެކި ޚިދުމަތްތަކަށް ފައިސާ ނުދައްކާ ކުންފުނިތަކާއި ޝަރުއީ ކޯޓެއްގައި މައްސަލައެއް ބަލަމުންދާ ކުންފުނިތައް ހިމެނޭކަމަށް ބުނެފައިވެއެވެ. އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ކުންފުންޏާބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކަމާބެހޭ މައްސަލަތައް ކޯޓަށް ހުށަހަޅައިގެންކަމަށް ވަނީ ބުނެފައެވެ.

މި މިނިސްޓްރީން ކުރި އިޢުލާނުތަކާ ގުޅިގެން، އުވާލުމަށް ރެކޯޑުކުރެވިފައިވާ 6050 ކުންފުނީގެ ތެރެއިން 4924 ކުންފުނި އުވާލައި، އެކުންފުނިތަކުގެ މައުލޫމާތު އާންމުކޮށްފައިވާކަމަށް ބަޔާނގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: