ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އިންޑިޔާއާއެކު މަސައްކަތްކުރަންޖެހޭ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރުން އެންމެ ބުއްދިވެރިކަމަކީ އިންޑިޔާއާއެކު ވިސްނައި، އިންޑިޔާއާއެކު ކަންކަން ކުރުންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ސަރުކާރުގެ ހިލޭ އެހީގައި 61 ރަށެއްގައި އައުޓް ޑޯރ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަދިޔާކުރުމަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުން ފުރިހަމަކޮށްދެނީ އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅިފައިވާ ސަގާފަތުންކަމަށެވެ. ދިވެހިރާއްޖެ ބިނާވެފައި މިއޮތީ އިސްލާމްދީނާއި އަމިއްލަވަންތަކަމުގެ މައްޗަށް ކަމަށާއި، ރާއްޖެއާއި އިންޑިޔާގެ ގުޅުމުން މިހާތަނަށް ސާފުވެފައި އޮތް ހަގީގަތަކީ ދިވެހިންގެ މިނިވަންކަން ދެމެހެއްޓެން އޮތް އެންމެ ބުއްދިވެރި ގޮތަކީ އިންޑިޔާއެކު ވިސްނަމުން، ކަންކަން ކުރަމުން ގެންދިޔުން ކަމަށެވެ.

ރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮތް ވަރަށް ބޮޑު ގައުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިގައުމަކީ ކުދި ކުދި ޖަޒީރާތަކެއްގެ ގޮތުގައި ހިތްތަކަށް ވަދެފައި އޮތަސް، ހަގީގަތުގައި ރާއްޖެއަކީ ބޮޑު ގައުމެއް ކަމަށެވެ. އުތުރުން ދެކުނަށް 1000 މޭލަށް ދެމިގެންދާ ކަމަށާއި ހުޅަނގުން އިރަށް 600 މޭލަށް ރާއްޖެ ދެމިގެންދާ ކަމަށާއި ސައުދީއަށް ވުރެވެސް ދިވެހިރާއްޖެ ބޮޑުކަމަށް ވިދާޅުވިއެވެ. ރާއްޖެ ހުރަސްނުކޮށް އިންޑިޔާ ކަނޑު ހުރަސްނުކުރެވޭނެ ކަމަށާއި އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް ދަތުރުކުރާ ހުރިހާ މުދަލެއް ދާނީ ރާއްޖެ ހުރަސްކޮށްފައި ކަމަށް ވިދާޅުވިއެވެ.

ދިވެހިން އިންޑިޔާ ކަނޑުގައި ހޯދާފައިވާ މަގާމް މުޅި ދުނިޔެ ބަލައިގަންނަންޖެހޭ ކަމަށާއި އަބަދުވެސް ދިވެހިންގެ ތެރެއިން 25،000އެއްހާ މީހުން އަބަދުވެސް އެކި ބޭނުންތަކުގައި އިންޑިޔާ ކަނޑުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ދިވެހިންނަށްވުރެ ބޮޑަށް އިންޑިޔާ ކަނޑަށް ފެތުރެފިވައިވާ ބައެއް ނެތް ކަމަށާއި އިންޑިޔާ ކަނޑު ބޭނުންކޮށްގެން ގައުމެއް އާރާސްތުކުރި ބައެއް ނުވަތަ ގައުމެއްވެސް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގްބަލަށްޓަކައިވެސް އިންޑިޔާއާއި އެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ. ދިވެހިންނަށް ރަނގަޅު ގޮތްވާނީ ދިވެހިންގެ ބުއްދި އިންޑިޔާގެ ބުއްދިއާއި ގުޅުވާލުމުންކަމަށްވެސް ވިދާޅުވިއެވެ. އިންޑިޔާއާއި ގުޅުން ބަދަހިކުރުމުން ދިވެހިރާއްޖޭގެ އާމްދަނީވެސް އިތުރުވަމުންދާ ކަމަށާއި، އެކަން މިހާރުވަމުންދާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: