ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ލީޑަރު ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެން: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫ މްޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެން ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑޜ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށާއި އަދި އިދިކޮޅު ލީޑަރު ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެން ކަމަށެވެ. 

މީގެިއިތުރުން ޑޜ ޖަމީލް ވިދާޅުވީ  މިހާރު ދިމާކޮށްފައިވަނީ މިނިވަންކަން ވިއްކާލަން ކަމަށާއި އެޖެން ކަމުން އެކަން ހުއްޓުވަން ކުރާ  މުޒާހަރާ ކުރިއަށްދާނެ ކަމަށާއި އަދި ނަތީޖާ ފޮނިވާނެ ކަމަށް ޑޜ ޖަމީލް ވިދާޅުވިއެވެ. 

ޖަމީލް ވިދާޅުވީ  ޤައުމް ވިއްކައެއް ނުލެވޭނެ ކަމަށާއި ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. 

https://twitter.com/MJameelAhmed/status/1287697179734204416

ސަރުކާރާއި ދެކޮޅަށް ކުރާ މުޒާހަރާތައް ކުރިއަށް ދާނެ ކަމަށް ޑރ ޖަމީލް ވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި މުޒާހަރާ ކޮށްފައިވަނިކޮށެވެ. އަދި ސަރުކާރާއި ދެކޮޅަސް ވަރަށް އަވަހަށް ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: