ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 67 މީހުން ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 3369 އަށް

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 3369 އަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

މި ކަމާ ގުޅިގެން އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން އިތުރު 67 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 3369 އަށް އިތުރުވެފައިވާކަމަށެވެ.

މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 43 ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާގެ 06 މީހުންނާއި އިންޑޮނޭޝިއާގެ 03 މީންނާއި އެމެރިކާ މީހެއްކަމަށް އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވެއެވެ.

މިއީ ރާއްޖެއިން ކޮވިޑަށް އެމެރިކާ މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ޕޮޒިޓިވްވި އެމެރިކާ މީހާއަކީ ބޯޑަރު ހުޅުވައިލިފަހުން ރާއްޖެއައި ފަތުރުވެރިއެއްކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. އެމެރިކާގެ މި މީހާގެ އިތުރުން ޕޮޒިޓިވްވި 66 މީހުންނަކީ ހޮނިހިރުދުވަހުގެ ހަވީރު 18:00 އިން ފެށިގެން މިއަދު ހަވީރުގެ އެ ވަގުތާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު ބަލިޖެހުނު މީހުންގެތެރެއިން ވޭތުވެދިޔަ ސައުވިސް ގަޑިއިރުތެރޭގައި ރަނގަޅުވެފައިވަނީ 13 މީހުންކަމަށް އެޗްޕީއޭގެ ޓްވީޓުގައި ހާމަކޮށްފައިވެއެވެ. މި 13 މީހުންނާއެކު މިހާތަނަށް ޖުމްލަ 2547 މީހުން ރަނގަޅުވެފައިވާކަމަށް އެޗްޕީއިން ބުނެއެވެ. އަދި މި ވަގުތު ފަރުވާދެމުން އަންނަނީ 792 މީހުންނަށްކަމަށާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 602 މީހުންތިބި ކަމަށް ވެސް އެޗްޕީއިން ބުނެފައިވެއެވެ.

ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 15 މީހަކު ވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން ހާމަކުރިގޮތުގައި އޭގެތެރޭގައި ހިމެނެނީ 10 ދިވެއްސެއްގެ އިތުުރުން ބަންގްލަދޭޝްގެ 04 މީހަކާއި ޕިިލިޕީންސް މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: