ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަދަމުން ދިޔަ ރިސޯޓެއްގައި ހަތަރު ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިވް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އަތޮޅު ހަދަމުންދާ ރިސޯޓަކުން ކޮވިޑް-19 އަށް ހަތަރު މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ތެރެއިން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގެ އޮފިޝަލަކު ސަންގުއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރަށުގައި މަސައްކަތް ކުރި ބައެއްގެ ފަރާތުން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން، ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ޓެސްޓުކޮށްފައިވަނީ ބަލިވެގެން މާލެ އައިސް ޓެސްޓު ކުރުމުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މާލެއަށް އައި މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގުމާއި އެކު، އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދާ ރަށުން ފާހަގަކުރެވުނު ތިން މީހަކު ޓެސްޓު ކުރެވުނު ކަމަށެވެ. އަދި އެ މީހުންގެ ޓެސްޓުތަކުގެ ނަތީޖާތައް ޕޮޒިޓިވްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިހާރު ވަނީ އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ބ އަތޮޅުގައި ހަދަމުން ދާ ރިސޯޓަކުން ހަތަރު ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވީއިރު، ހއ ކެލާއިން ވެސް ވަނީ މީހަކު ބައްޔަށް ޕޮޒިޓިވެފައެވެ. ބައްޔަށް ޕޮޒިޓިވްވި އެ މީހާއަކީ މާލެއާއި، އެ ރަށާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. މައުލޫމާތު ލިބޭ ގޮތުން މާލޭގެ ދަތުރަށްފަހު، ކެލާއާއި ބޯޓު ކައިރި ކުރުމަށްފަހު އޭނާ ހުރީ ބޯޓުގައެވެ.

އެ ބޯޓުގައި އޭނާއާއި އެކު 07 މީހަކު މަސައްކަތް ކުރާއިރު، އެ އެންމެން ވެސް މިހާރު ވަނީ އެކަހެރިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: