ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ފޮނުވާލުމުން ގައިދީން މަސައްކަތަށް ނެރުމަށް ގޮވާލައި ޖާބިރުގެ ގަރާރެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުގައި ހުކުމް ތަންފީޒް ކުރަމުންދާ ގައިދީންގެ ތެރެއިން ބައެއް ގައިދީން މަސައްކަތްތަކަށް ނެރުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިފިއެވެ.

މެމްބަރު ޖާބިރު ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތުގައި އިގްތިސާދު ނެގެހެއްޓުމުގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ފޮނުވާލަމުން އަންނަ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ދިވެހިން މަސައްކަތުގެ މައިދާނަން ނުކުތުމަށް ގޮވާލާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ޖިނާއީ ބޮޑެތި ކުށްތައް ކަމުގައިވާ ކުޑަކުދިންނާއި ބެހުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މީހުން މެރުމަށް ހުކުމް ކުރެވި ހުކުމް ތަންފީޒް ކުރަމުންދާ ގައިދީން އިސްތިސްނާވާ ގޮތުގެ މަތިން ބާކީތިބި ގައިދީންނަށް އަފްއާމެއް ދިނުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރަށް މެމްބަރު ޖާބިރު ވަނީ އިތުރު ގަރާރެއްވެސް ހުށައަޅުއްވާފައެވެ. މެމްބަރު ޖާބިރު ހުށައެޅުއްވި ދެވަނަ ގަރާރަކީވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ހުށައަޅުއްވާފައުވާ ގަރާރެކެވެ.

ދެވަނަ ގަރާރުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ހިންގާ ސުވެނިއަރ ޝޮޕްތަކަށް މާލީ އެހީތެރިކަން ދިނުމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާކަން ފާހަގަކުރައްވައި ބޯޑަރުތައް ބަންދުކުރުމާއެކު ފަތުރުވެރިކަން މުޅިންހެން ހުއްޓުމަކަށް އައިސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާގެ ދަށުން ހިންގާ ސުވެނިއަރ ޝޮޕްތަކަށްވެސް ކުއްލި ލޮޅުމެއް އައިސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ދިވެހި އުފެއްދުންތެރިކަމާއި ސީދާ ގުޅިފައިވާ ކަމެއްކަމުންނާއި މިވިޔަފާރިއަށް އޮތް ޑިމާންޑް އެއްކޮށް ހުއްޓިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިސިނާއަތުގައި މަސައްކަތްކުރާ މީހުންވެސް ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާކަން ގަރާރުގައި ވަނީ ފާހަގަކުރައްވާފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: