ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 137 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
މި ކަމާ ގުޅިގެން އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން އިތުރު 137 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 3506 އަށް އިތުރުވެފައިވާކަމަށެވެ. މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 92 ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ 31 މީހުންނާއި އިންޑިއާގެ 09 މީހުންނާއި އިންޑޮނޭޝިއާގެ 4 މީހުންގެ އިތުރުން ޕިލިޕީންސް މީހެއްކަމަށް އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވެއެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު ބަލިޖެހުނު މީހުންގެތެރެއިން އިތުރު މީހަކު ރަނގަޅުވެފައެއް ނުވެއެވެ.

