ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު އެއްވުން ހުއްޓުވުމުގައި ހަރަކާތްތެރިވި ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއެއް ހައްޕުނޑު ޖެހި މައްސަލައެއް!

އެއްވުން ހުއްޓުވުމުގައި ހަރަކާތްތެރިވި ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއެއް ހައްޕުނޑު ޖެހި މައްސަލައެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުގެ މާލޭގެ މަގުތަކުގައި ކުރި މުޒާހަރާގެ ތެރެއިން، ދެ ފުލުހެއްގެ ގައްޔަށް ހައްޕުނޑު ޖެހި މައްސަލައެއް ފެންމަތިވެ، އާއްމުންގެ ފާޑުކިޔުންތައް އިދިކޮޅަށް އަމާޒުވާން ފަށައިފިއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ސިލްސިލާ އެއްވުންތަކެއް ބާއްވާ މުޒާހަރާ ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ. ”އެންމެން އެއް އަޑަކުން“ ގެ ނަމުގައި ކުރިޔަށް ގެންދިޔަ އެއްވުމުގައި އިދިކޮޅު ލީޑާރ ޝިޕްގައި ހިމެނިވަޑައިގަންވާ ބޭފުޅުން ވެސް ބައިވެރިވެއެވެ.

ފުލުހުންނަށް ބަހުގެ ހަމަލާތަކެއް ވެސް އެ އެއްވުމުގައި ރައްދުކުރިއިރު، ފުލުހުންނަށް އަމާޒުކޮށް ތަފާތު އެކި ވާހަކަތަކެއް ވެސް އެއްވުމުގެ ބައިވެރިން ދެއްކިއެވެ. މުޒާހަރާގެ ބައިވެރިއެއް ވަނީ އަންގާރަ ދުވަހުގެ ރޭ ރޭގަނޑު ކުރިޔަށް ގެންދިޔަ މުޒާހަރާގައި، އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވި ދެ ފުލުހަކަށް އަމާޒުކޮށް، ދުފާ ރަށްކޮށްފައި ހުރި ކުޅު ނުވަތަ ހައްޕުނޑު ޖަހާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ގްރޫޕަށް ފޮޓޯތައް ހިއްސާކޮށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މިކަން ކުށްވެރި ކުރާ ކަމަށާއި، ފުލުހުންނަށް އަމާޒުކޮށް ކުޅު ޖެހި މީހާ ހޯދައި ގާނޫނުގެ ތެރެއިން އެ މީހަކަށް ދެވެމް އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާ އަދަބު ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ.

މި ފޮޓޯތައް ހިއްސާ ކުރައްވާ ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

=

https://twitter.com/M_Hameedh/status/1288183546750746624

ފުލުހުންގެ ގަޔަށް، ހައްޕުނޑު ޖަހާފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާއިރު އާއްމުން ދަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، ނުރައްކާތެރި ބައްޔެއް ފެތުރި ކޭސްތައް އިތުރުވަމުން ދާ ދަނޑިވަޅެއްގައި މިފަދަ އަމަލެއް ހިންގި މީހަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން، ސިޔާސީ ގޮތުން ފުލުހުންނަށް ކިތަންމެ ރުޅިވެރިކަމެއް އޮތަސް މިއީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި އާއްމުން ދަނީ ފާހަގަކުރަމުންނެވެ. އަދި މިފަދަ ހަޑި މުޑުދާރު އަމަލު ހިންގި މީހަކީ ކޮބައިކަން ހޯދުމަށް ދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: