ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢާންމުގެ މެދުގައި ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޢާންމުގެ މެދުގައި ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް މިިނިސްޓްރީ އޮފް ހެލްތުން އަންގައިފިއެވެ.

މި ކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ބުދަދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ދެނެގަތުމަށްޓަކައި، ޓެސްޓު ހެދުމަށް މިހާރު ހަމަޖެހިފައިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށާއި، ބަލި ދެނެގަނެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަނޑައެޅިފައިވާ ނެޝަނަލް ސަރވެއިލަންސް އެންޑް ރެސްޕޮންސް ނިޒާމުގައި ކަނޑައަޅާ ގޮތުގެ މަތިންކަމަށެވެ.

މި ގޮތުން ކޮވިޑް-91 ދެނެގަތުމަށް ކުރާ ޓެސްޓަކީ ޕީސީއާރް ޓެސްޓްކަމަށާއި، އެ ޓެސްޓު ހެދޭނީ ނެޝަނަލް ލެބޯޓްރީ ނިޒާމްގެތެރެއިން، ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާއި އެއްގޮތަށް އެ ކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތަކުންކަމަށް ހެލްތު މިނިސްޓްރީގެ ބުނެއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ، ކޮވިޑް-19 އެންޓިބޮޑީ ޓެސްޓަކީ ކޮވިޑް-19 އިގެ ސަރވެއިލަންސްގެ އެންޑް ރެސްޕޯންސްގެ ދަށުން މި ވަގުތު ހަދަން ކަނޑައެޅިފައިވާ ޓެސްޓެއް ނޫންކަމަށެވެ. ނަމަވެސް މި ދުވަސްވަރުގައި ބައެއް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން މި ޓެސްޓް އަމިއްލައަށް ހަދައި، އެ ޓެސްޓުގެ ނަތީޖާގެ މައްޗަށް ބަލައި ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކޮވިޑް-19 ކޮންޓްރޯލްކޮށް ރައްކާތެރިކުރުމުގެ ނިޒާމުން ބޭރުން މި ފަދަ ޓެސްޓުތައެް ހަދަމުން ދިއުމަކީ، މި ޓެސްޓު ހަދާ ފަރާތްތަކަށް އޮޅުންއަރާނެކަމެއް ކަމަށާއި، ބަލިން ރައްކާތެރިކުރުމަށާއި، ބަލިޖެހޭ ފަރާތްތަކާއި، އެ މީހުންގެ ކޮންޓެކްޓުން އެކަހެރިކޮށް ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ބުރޫއަރާ ދަތިތަކާ ކުރިމަތިވާ ކަމެއްކަމަށެވެ. މި ގޮތުން ޢާންމުގެ މެދުގައި ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް އަންގާކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ނަމަވެސް އެންޓި ބޮޑީ ޓެސްޓު ހަދަންޖެހިއްޖެ ހާލަތެއްގައި އެޗްޕީއޭއިން ހަމަޖައްސާ އުސޫލެއްގެ މަތިން ހުއްދަދޭނެ ކަމަށާއި، ރިސާރޗް ބޭނުމަށް މިފަދަ ޓެސްޓު ހަދާނަމަ ހެލްތު މިިނިސްޓްރީގެ ނެޝަނަލް ހެލްތު އޮފް ރިސާރޗް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްދެވޭނެކަމަށް އެ މިނސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ބަޔާނުގައި ވަނީ، ކޮވިޑް-19 އިގެ ޕީސީއާރް ލެބްތަކުން ރާއްޖެއިން ބޭރަށް ދިއުމުގައި ހަދަންޖެހޭ ޓެސްޓުތައް ފިޔަވައި، ދެންހުރި ޓެސްޓްތައް ނެޝަނަލް ސަރވެއިލަންސް އެންޑް ރެސްޕޯންސް ނިޒާމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޓެސްޓު ހަދަމުން ގެންދިއުމަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: