ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: 44 ދިވެހިންނާއެކު ޖުމްލަ އަދަދު 3،567 އަށް

ފޮޓޯ: ކޯޕަރޭޓް މޯލްޑިވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންގާރަދުވަހުގެ ހަވީރު 18:00 އިން ފެށިގެން، ބުދަދުވަހުގެ އެ ވަގުތާއި ހަމައަށް ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 61 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މި ކަން ކަށަވަރު ކޮށްދީފައިވަނީ، އެ އެޖެންސީން ބުދަދުވަހުގެރޭގައި ކުރި ޓްވީޓެއްގައެވެ. މި ގޮތުން ރާއްޖެއިން ކޮވިޑް-19 އަށް އެންމެ ފަހުން ޕޮޒިޓިވްވި 61 މީހުންގެތެރޭގައި ހިމެނެނީ، 44 ދިވެހިންނާއި، ބަންގްލަދޭޝްގެ 15 މީހުންނާއި، އިންޑިއާގެ 02 މީހުންކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އަދި މި 61 މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިހާރު 3،567 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އަދި މި އެންމެންނަކީ ވެސް މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންކަމަށް ވެސް އެޗްޕީއޭއިން ހާމަކުރެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ހާމަކުރިގޮތުގައި، ކޮވިޑަށް ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން އިތުރު 07 މީހަކުވަނީ ރަނަގަޅުވެފައެވެ. މި ގޮތުން ރާއްޖެއިން މިހާތަނަށް 2،554 މީހުން ރނގަޅުވެ، މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ، 983 މީހުންނަށްކަމަށް އެޗްޕީއޭއިން ބުނެއެވެ. ހަމައެއާއެކު އައިސޮލޭޝަން ފެސިލިޓީތަކުގައި، ޖުމްލަ 657 މީހުން ތިބިކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޢަދަދު މިހާރު، 3،567 އަށް އަރާފައިވާއިރު، މިހާތަނަށް 76،937 (ހަތްދިހަ ހަހާސް، ނުވަސަތޭކަ ތިރީސްހަތެއް) ޓެސްޓު ހެދިފައިވެއެވެ. އަދި ހަމައެއާއެކު މި ބަލީގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު، 10 ދިވެއްސަކު ހިމެނޭހެން، ރާއްޖެއިން ޖުމްލަ 15 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މި ގޮތުން 10 ދިވެހިންގެ އިތުރުން ނިޔާވެފައިވަނީ، ބަންގްލަދޭޗްގެ 04 މީހުންނާއި، ޕިލިޕީންސް މީހެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އިގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ބަލި ފެންނަމުންދާ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ. މި ގޮތުން މާލެ ފިޔަވައި ރާއްޖޭގެ އެކި ރަށްރަށުން ވެސް މިހާރު ވަނީ ޕޮޒިޓިވް ކޭސްތައް ފެންމަތިވާން ފަށާފައެވެ. މި ގޮތުން މިހާރުވެސް ޕޮޒިޓިވް މީހުންތިބި ރަށްތަކުގެތެރޭގައި، ސޮނޭވާ ޖާނީ ރިސޯޓާއި، ރ.އިނގުރައިދޫއާއި، ޅ.ކުރެންދޫއާއި، ކ.މާފުށި ހިމެނެއެވެ. މީގެ އިތުރުން، ބ.އޭދަފުށްޓާއި، އެ އަތޮޅު ހިތާދުއާއި، ކަމަދުއާއި، ސީސައިޑް ފިނޮޅު ރިސޯޓު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: