ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއަކީ ވަރުގަދަ ޕާޓީއެއް، ޔާމިނަށް ޖަލު ނޫން އެހެން ގޮތެއް ހޯދަންޖެހޭ: ދޮންބިލަތް ހަލީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއަކީ ވަރުގަދަ ސިޔާސީ ޕާޓީއެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ޖަލު ނޫން އެހެން ގޮތެއް ހޯދަންޖެހޭ ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ރައީސް ޔާމިނަކީ ރައްޔިތުން އިންތިޚާބުކޮށް ގައުމުގެ ރައީސްކަން ކުރެއްވި ވެރިއެއް ކަމަށެވެ. އަދި އެމަނިކުފާނަށް ދެރަވާނެ ގޮތަކަށް ކަންތައް ކުރުމަކީ ގައުމަށް ރަނގަޅުވާނެ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ރައީސް ޔާމިނަށް ކުރެވުނު ކަމަކީ އުމުރު ހަމަނުވާ ކުއްޖަކާއި އެކު މާ ބޮޑަށް ސިޔާސީ ކަންކަމުގައި އުޅެވުން ކަމަށެވެ. އަދި މިއަދު ރައީސް ޔާމިނަށް ހަޖޫ ޖަހައި އެމަނިކުފާނަށް ދެރަވާނެ ގޮތެއް ހެދުމަކީ މި ގައުމަށް ރަނގަޅުވާނެ ގޮތެއް ނޫން ވިދާޅުވިއެވެ.

ކުރީގެ ރައީސުން ވެރިކަން ނިމުމުން ޖަލަށް ގެންދާ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި ވެރިކަމަށް އަންނަ ކޮންމެ ބަޔަކީ ގައުމު ލޫޓުވާލާ ކުރީގެ ރައީސުން ޖަލަށްލާނެ ބަޔަކަށްވެސް ވެގެން ނުވާނެ ކަމަށެވެ.

”އަޅުގަނޑުމެން ހަމްދަރުދީވޭ ރައީސް ޔާމީނަށް، ޔާމިނަކީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށް ރައީސް ކަން ކޮށްފައިވާ ވެރިއެއް، އެމަނިކުފާނާއި މެދު ކުޑައިމީސް ކުރާކަން ނެތިން، ރައީސް ޔާމިނަށް ކުރެވުނު ކަމަކީ އުމުރު ހަމަނުވާ ކުއްޖަކާއި އެކު މާ ބޮޑަށް އުޅެވުނީމަ ދިމާވި މައްސަލައެއް. މިއަދު ޔާމިނަށް ހަޖޫ ޖަހައި އެމަނިކުފާނު ދެރަވާނެ ގޮތެއް ހެދުމަކީ މި ގައުމަށް ރަނގަޅުވާނެ ގޮތެއް ނޫން. އަޅުގަނޑުމެން އެބަ ބަލަންޖެހޭ ރައީސް ޔާމީން މިހާރު އޮތް ތަން ނޫންތަނަކަށް، އެހެންގޮތެއް ހޯދަންޖެހޭ“ ދޮންބިލަތް ވިދާޅުވިއެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ ޕީޕީއެމްއަކީ ރަނގަޅު ފިކުރެއްގައި އޮތް ވަރުގަދަ ސިޔާސީ ޕާޓީއެއް ކަމަށެވެ. އަދި ޕީޕީއެމަކީ ހަރުކަށި ފިކުރާވެސް ދެކޮޅު ޕާޓީއެއް ކަމަށާއި ރާއްޖޭގައި އޮތް ދެޕާޓީއަކީ އެމްޑީޕީއާއި ޕީޕީއެމް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ޕީޕީއެމްއަކީ ގަދަރުކޮށް އިހުތިރާމް ކުރަންޖެހޭ ވަރުގެ ޕާޓީއެއް ކަމަށެވެ. ޕީޕީއެމް އާއި ޚިލާފަށް ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަކީ ވިޔަފާރިވެރިއެއްގެ ފަހަތުން އެނބުރޭ ޕާޓީއެއް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ބާރުވެރިކަން އޮތީ ދިވެހިރާއްޖޭގެ ކޯޓުތަކާއި ގުޅިފައި ކަމަށާއި މިއަދު ކޯޓުތައް އިސްލާހުވާން ފެށުމުން ޖުމްހޫރީ ޕާޓީގެ ބާރުވެރިކަން ހިނގައްޖެ ކަމަށް ހަލީމް ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ދައްކަވަމުން ހަލީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ވަޑައި ނުގަންނަވާތާ ހަތަރު މަސްވެއްޖެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: