ޕޭޕަލް ފަދަ ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް ލިބޭ ފައިސާ ސީދާ ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް ވަގުތުން ޖަމާކުރެވޭ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި އިންޓަނޭޝަނަލް ގޭޓްވޭ ހިދުމަތް ދޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ އެމްއެމްއޭއިން ބުނެފިއެވެ.
”ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްގީ ގެނުވައިދިނުމަށް ގޮވާލާ ގަރާރު، އިގްތިސޯދީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު“ ގައި ފާހަގަކޮށްފައިވާ
ކަންކަމާއި ގުޅިގެން ފޮނުވާފައިވާ އެ ސިޓީއާއި ހަވާލާދީ އެމްއެމްއޭއިން ވަނީ އިގްތިސޯދީ ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އެ އޮތޯރިޓީން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑެވެލޮޕްމެންޓް ޕްރޮޖެކްޓުގެ މަސައްކަތްތަކާއި، އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަރަ ކްރޮސްބޯޑާރ އީކޮމާސް ހިދުމަތް ރާއްޖޭގައި ކުރުމަށް މަގުފަހިކޮށްދިނިމުގެ ގޮތުން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.
ޕްރޮޖެކްޓުގެ ދަށުން އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، 2021 ވަނަ އަހަރުގެ ތެރޭގައި ސިސްޓަމް ބޭނުންކުރަން ފެށޭވަރުވާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. ރާއްޖޭގައި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކޮރޮސްބޯޑާރ އީކޮމާސްގެ ހިދުމަތް ރާއްޖޭގައި ގާއިމްވެފައި ނެތުމަކީ މިހާތަނަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އެ ނޫންވެސް މީހުންނަށް ދިމާވެފައިވާ ގޮންޖެހުމެއްގެ ގޮތުގައި އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ. މި ކަމަކީ މިއީ ޕޭމަންޓް ސިސްޓަމް ތަރައްގީ ކުރުމުގެ ގޮތުން ފެށިފައިވާ މަސައްކަތުގައި ވެސް ހާއްސަ ސަމާލުކަމެއް ދެވިފައިވާ ދާއިރާއަކަށްވާއިރު ސިސްޓަމް ފުރިހަމައަށް ގާއިމްކުރެވިގެންދާއިރު މިފަދަ ގޮންޖެހުންތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ގަބޫލު ކުރެވޭ ކަމުގައި، އެމްއެމްއޭއިން ބުނެފައިވެއެވެ.
ޕްރޮޖެކްޓުގެ ދެވަނަ މަރުހަލާފައި، ކްރޮސް ބޯޑާރ ޓްރާންސެކްޝަންތައް ވެސް ރިއަލްޓައިމްކޮށް ހިންގުމަށް މަގުފަހިކުރުމަށްޓަކައި ދިވެހި ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމްއާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓް ސިސްޓަމްތަކާއި އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. މި މި މަސައްކަތް ކާމިޔާބު ކަމާއި އެކު ފުރިހަމަކުރުމަށް ސިސްޓަމްތައް އިންޓަގްރޭޓް ކުރުމަށް އެކަށީގެންވާ ދިރާސާތަކެއް ކުރެވި، އެކަން ކުރުމަށް ބޭނުންވާ ޓެކްނިކަލް އަދި ފަންކްޝަނަލް ސްޕެސިފިކޭޝަންތައް ދެނެގަނެ އަދި އެކަމާއި ގުޅުންހުރި ގަވައިދުތަކާއި އުސޫލުތައް އެކުލަވާލުމަކީ ހާއްސަ ސަމާލުކަމެއް ދީގެން ފުރިހަމަކުރަންޖެހޭ ކަންތަކަށްވާއިރު މި ހިދުމަތް ރާއްޖޭގައި ފެށުމުގެ ގޮތުން ކްރޮސް ބޯޑާރ ސިސްޓަމް އިންޓަގްރޭޝަންގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ތާވަލެއްވެސް ގާއިމްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ވިޔަފާރިވެރިން އީކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖޭން ބޭރުގެ ފަރާތްތަކާއި މެދު ކުރާ ވިޔަފާރިން ލިބޭ އާމްދަނީ އެ ފަރާތްތަކުން ރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓުތަކަށް ޖަމަކުރުމުގައި ދިމާވާ އުންދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ޕޭޕަލް ފަދަ ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް ލިބޭ ފައިސާ ސީދާ ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް ވަގުތުން ޖަމާކުރެވޭ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި އިންޓެނޭޝަނަލް ކާޑް އެސޯސިއޭޝަންތަކާއި ގުޅިގެން މަސައްކަތް ކުރުމަށް އެ އޮތޯރިޓީން ނިންމާފައިވާ ކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ސިސްޓަމްތަކުގެ މަސައްކަތްތަކާއި ކްރޮސްބޯޑަރ އީކޮމާސް ޕްލެޓްފޯމެއްގެ މަސައްކަތް ކުރުމަކީ ވެސް ބޮޑު އަހަމިއްޔަތެއް ދީގެން ކުރާ ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ، އަދި ސިސްޓަމާއި ގުޅުންހުރި ކަންތަކާއި ގުޅޭ އިސްލާހު މަޖިލީހަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ކްރޮސްބޯޑާރ އީކޮމާސްގެ މަގްސަދަކީ އަތޮޅު ތެރޭގައި ތިބެގެން ވެސް އޮންލައިންކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކާއެކު ވިޔަފާރި ކުރުމުގެ މަގު ދިވެހިންނަށް ހުޅުވާދިނުމާއި، ފްރީލެންސަރ ކެޓަގަރީގައި ހިމެނޭ ފޮޓޯގްރަފީ ދާއިރާ ގައި މަސަތްކަތް ކުރާ ފަރާތްތަކަށް ދިރުން ގެނެސް ދިނުމެވެ. އަދި ގްރެފިކް ޑިޒައިންގައި މަސަތްކަތް ކުރާ ފަރާތްތަކާ އޮންލައިން ޓިއުސަންދޭ ފަރާތަތަކަށް ވެސް އަތޮޅުތެރޭގައި ތިބެ އާމަދަނީ ހޯދުމުގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމެވެ.
މީގެ އިތުރުން ވެސް ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި އަތޮޅު ތެރޭގައި އުފައްދާ މަހުގެ ބާވަތްތަކާ ތަފާތު ކާނާގެ ބާވަތްތަކާ ތަފާތު ބުރޭންޑްތައް ދުނިޔޭ ގެ ކަންކޮޅުތަކަށް ވިއްކުމުގެ މަގު ފަހި ކޮއްދިނުން ފާހަގަކުރެވެއެވެ. މިކަންކަން ހާސިލް ކުރުމަށްޓަކައި އިންޓަނޭސަނަލް ކޮރޮސް ބޯޑާރ އީ ކޮމާސް އާއި އަދި ޕޭމަންޓް ގޭޓްވޭ އާއި ބެހޭ ގާނޫނު ތަކުގެ މަސަތްކަތްތައް ދަނީ ކުރަމުންދާއިރު މަސަތްކަތްތައް ނިމުމުން މުޅި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ދިރުން އަންނާނެކަމަށް ގަބޫލު ކުރެވެއެވެ. އަދި ކަހަނބު ދުވެލީގައިވާ މާލީ ނިޒާމަށް ރޮކެޓް ސްޕީޑް ގެ، ހަލުވިކަން ގެނެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަށް ހަލުވިކަން ގެނެސްދެވޭނެއެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ، ޑިއުޓީ ފްރީ ޝޮޕްތަކުން ރީޓެއިލް ވިޔަފާރީގެ ތެރެއަށް ވަންނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފައިވަނީ އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދެވެ. އަދި މައްސަލައިގައި ނިހާދު ވިދާޅުވެފައިވަނީ އެމްއޭސީއެލްއިން ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އަދި އެއީ ކުދިކުދި ވިޔަފާރިތަކުގެ ތެރެއަށް ނުވަނުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ކުދި ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުގެ ކުންފުންޏަކުން ވަދެގެން ނުވަނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
ޑިއުޓީ ފްރީއިން ގެންގުޅެނީ ވިޔަފާރީގެ އުސޫލުތަކެއް ނޫންކަމަށް ބުނެ އެސްއޯއީ ކޮމިޓިން ވަނީ ވީއައިއޭގައި ހިންގާ ”ދޮވެމި“ ޑިއުޓީ ޝޮޕްއިން އާއްމުކޮށް މުދާ ވިއްކަން އުޅޭ ކަމަށް ބުނެފައެވެ. އަދި ޑިއުޓީ ފްރީއިން ޑެލިވަރީގެ ހިދުމަތް ވެސް ދޭން ނިންމާފައިވާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާކަމަށް ބުނެ އެސްއޯއީ ކޮމިޓީން ވަނީ އޭގެ ސަބަބުން މާލޭގައި ހިންގާ ކުދިކުދި ވިޔަފާރިތަކަށް ގެއްލުންތަކެއް ވަމުންދާކަމަށް ބުނެފައެވެ.
އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ، އެރައިވަލްގެ ބޭރުގައި ހުންނަ އެ ފިހާރައިގެ މަސައްކަތްތަކަށް ފާޑުކިޔުންތައް އަމާޒުކޮށް ކޮމިޓީގެ މެމްބަރުން ވިދާޅުވެފައިވަނީ، މިއީ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެގަތުން ކަމަށެވެ. ދޮންވެމިއަކީ ޑިއުޓީ ފްރީ ޝޮޕްއަކަށްވާއިރު ދެން އެންމެންގެ ވެސް އަމާޒު ހުންނާނީ ވެސް އެ ފިހާރައަކަށް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ކުދި ވިޔަފާރިތައް ކުރިއަރުވާ، ކުރިޔަށް ދެވޭނެ މަގު ތަނަވަސްކޮސްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ.


2 Responses
ރާއްޖޭގެ މުސްތަގުބަލް ރާއްޖެއަށް ބޭނުންވާ ބޮޑު ބަދަލެއް !
ރާއްޖޭގެ މުސްތަގުބަލް ރާއްޖެއަށް ބޭނުންވާ ބޮޑު ބަދަލެއް !