ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ އިހުލާސްތެރި ލީޑަރަކީ ކޮބައިކަން އަންގަން ޖެހޭ: ރައީސް ނަޝިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްވަރާތަކަށް ނިކުންނައިރު، އިދިކޮޅުގެ އިހުލާސްތެރި ލީޑަރަކީ ކޮބައިކަން އަންގަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ މިނިވަން ދުވަސް ފާހަގަކުރަމުން ދާއިރު، މިނިވަންކަމާއި ހަމައަށް އައުމަށްޓަކާ ގައުމު ދަތުރުކުރަން ޖެހުނު ދުވަސްތަކުގެ މަތީން ހަނދާން ނައްތައިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ ސުލްހަވެރިކަމާއި، ހިކުމަތްތެރިކަން އިސްކުރުމުގެ ސަބަބުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅަށް މަރުހަބާ ދަންނަވާ ރައީސް ނަޝީދު ވަނީ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުލަތުގެ އިހުލާސްތެރި ވާދަވެރިޔާ އާއި އެ ފަރާތެއްގެ ކެބިނެޓުގެ ފާޑުކިޔުން ވެސް މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޝްވަރާތަކާއި ގުޅޭގޮތުންނާއި، އަދި އިދިކޮޅުގެ އެންމެ ބޮޑު ޑިމާންޑަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ވާއިރު، އިދިކޮޅުން އެއް މޭޒަކަށް އައިސްދާނެކަމަށް ގަބޫލު ކުރެވޭތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅަށް މަޝްވަރާކޮށްގެން ކުރިޔަށް ދިއުމުގެ ފުރުސަތު އެބައޮތްކަން ހާމަކުރުމުން އެމަނިކުފާނަށް އެކަމަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަކީ އެއީ އެއްވެސް ހުދުމުހުތާރު ނިންމުމެއް ނިންމަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އިހުލާސްތެރި ލީޑަރަކީ ކޮބައިކަމާއި އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން އެނެގެން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މަޝްވަރާކޮށްގެން ނޫން ގޮތަކަށް މަސައްކަތްތައް ކުރިޔަށް ނުގެންދަން ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މިނިވަންދުވަހުގެ މުނާސަބުތުގައި ގައުމާއި މުހާތަބު ކުރައްވަމުން މަޝްވަރާތައް ކުރުމާއި މެދު ރައީސް ދެއްކެވި ވާހަކަތަކާއި ގުޅިގެން، އިދިކޮޅުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އިދިކޮޅުން މީގެ ކުރިން ވެސް ބުނެފައިވަނީ ޕީޕީއެމް، ޕީއެންސީއިން އެއްވެސް މަޝްވަރާއަކަށް ދާނީ ރައީސް ޔާމީން މިނިވަން ކުރުމުން ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިހުލާސްތެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށެވެ. އަދި ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި، އެ ވާދަވެރިންގެ ތެރެއިން ލީޑާއެއް ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ވަރަށް ސާފު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ލީޑަރު ހުންނަވާ ތަނަށް ވުރެ، ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މާ މުހިންމު ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: