ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ ތެރޭގައި ވެސް މަޝްރޫއުތައް ކުރިޔަށްދިޔަ، އުނދަގޫ ވީ ސާމާނުތައް ގެނައުމަށް: އެމްޓީސީސީ

އެމްޓީސީސީ--
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ހާލަތުގެ ތެރޭގައި ރާއްޖެއޮތް އިރު ދަތިތަކެއް ދިމާވީ ނަމަވެސް، ކޮންމެވެސް ވަރަކަށް ކުންފުނީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ކޮވިޑުގެ ސަބަބުން ކުންފުންޏަށް ކޮންވެސް ވަރެއްގެ ހީނަރުކަމެއް ދެވަނަ ކުއާޓަރުގައި ދައްކާފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާ ސޭލްސް 30 އިންސައްތަ ދަށްވެފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ޓްރޭޑިން އެންޑް ޓްރާންސްޕޯޓަށް ބޮޑު ހީނަރުކަމެއް އައިއިރު، ލޮކްޑައުންގެ ތެރޭގައި ކުންފުނީގެ މި ދާއިރާއަށް 50 އިންސައްތައިގެ ދަށްވުމެއް އައިސްފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ލޮކްޑައުންގެ ތެރޭގައި، ރަށް ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްތަކާއި، އަދި ކޮންސްޓްރަކްޝަން އާއި ޑްރެޖިންގެ މަސައްކަތްތައް ކުރިޔަށް ދިޔަކަން ފާހަގަކޮށް އެމްޓީސީސީން ބުނެފައިވަނީ މީގެ ތެރެއިން ގިނަ ތަންތަނަކީ މާލެއިން ބޭރު ކަމަށެވެ. އަދި އޭގެ ސަބަބުން މާލެއިން މަސައްކަތްތަކަށް ގެންދަންޖެހޭ ބައެއް ސާމާނުތައް ގެންދިއުމުގައި ދަތިތަކާއި ކުރިމަތިލާންޖެހުނު ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ކޮވިޑުގެ އަސަރުކުރިއިރު އެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުން ވީ މަސައްކަތްތަކަށް ގެންނަންޖެހޭ ސާމާނު ގެނައުމަށް ދިމާވި ގޮންޖެހުމެއްގެ ގޮތުގައި އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 18 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކުންފުނީގެ މާލީ ހިސާބުތަކުން ވަނީ ދައްކާފައެވެ.

އެމްޓީސީސީން ކުންފުނީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ކުންފުންޏަށް މި އަހަރުގެ ސާފު ފައިދާއެއްގެ ގޮތުގައި ލިބިފައިވަނީ 18 މިލިއަން ރުފިޔާއެވެ. އަދި ކުންފުނިން 248 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ. އެމްޓީސީސީއަށް ސާފު ފައިދާއެއްގެ ގޮތުގައި ލިބިފައިވަނީ ދެވަނަ ކުއާޓަރުގައި 18 މިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ ކުއާޓަރުގައި ކުންފުންޏަށް 62 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: