ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ފެތުރޭތީ މަޖިލިސް ބާއްވަންވީ އޮންލައިންކޮށް، އެކަމަކު މުޒާހަރާކުރުން އޯކޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ހާލަތު ފެތުރޭ މިންވަރު އިތުރުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށްބޭއްވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

ޕީއެންސީގެ ނާއިބްރައީސްކަންވެސް ކުރައްވަމުން ގެންދަވާ މެމްބަރު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް1-9ގެ ބަލިމަޑުކަން ކޮންޓްރޯލް ނުކުރެވި މުޅި ރާއްޖެއަށް ފެތުރެމުންދާކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލައްވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް މެމްބަރުން ގެތަކުގައި ތިބެގެންނެވެ. އެހެންނަމަވެސް، ކައުންސިލް އިންތިޚާބާއި ގުޅިގެން ގާނޫނު އސާސީ އިސްލާހުކުރުމަށް މަޖިލީހުގެ ޖަލްސާތައް ތަޅުމަށް ހާޒިރުވެގެންނޫން ގޮތަކަށް ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ނިންމިއެވެ.

މަޖިލީހުގެ ތަޅުމުގައި ވަކި އުސޫލުތަކަކާއި އެއްގޮތަށް ޖަލްސާތައް ބޭއްވުމަށް ހުއްދަ ދޭން އެޗްޕީއޭއިން ނިންމާފައިވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް، އެހާތަނަށް މަޖިޅިހުގެ ޖަލްސާތައް އިދާރާގައި ބެއްވުން ލަސްނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެޗްޕީއޭގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ރައީސް ފުރަތަމަ ނިންމެވި ނަމަވެސް، މެމްބަރުންނާއި އާންމުންގެ ފާޑުކިޔުންތަކުގެ ސަބަބުން މަޖިލީހުގެ ޖަލްސާތާއް ތަޅުމުގައި ބޭއްވުމުގެ ހުއްދަ ނެގުމަށް އެޗްޕީއޭއަށް މަޖިލީހުން ވަނީ ދަންނަވާފައެވެ. އަދި ފުލުހުންގެ ޚާއްސަ ހުއްދަވެސް މެމްބަރުންނަށާއި މުވައްޒަފުންނަށް ދޫކޮށް މެއި މަހުގެ 26 ވަނަ ދުވަހު ފުރަތަމަ ޖަލްސާ ވަނީ ބާއްވާފައެވެ.

މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލައްވާފައިވާއިރު، އިދކޮޅުން އަންނަނީ މުޒާހަރާތަކެއްގައިވެސް ބައިވެރިވަމުންނެވެ. މިއީ އިދިކޮޅު ކޯލިޝަނުން ބާއްވާ މުޒާހަރާތަކެއް ނޫންކަމަށް އިދިކޮޅު ކޯލިޝަނުން ބުނަމުންދިޔަ ކަމުގައިވިޔަސް، އެމުޒާހަރާތަކުގައި ގޮވާލަމުން ދަނީ ރައީސް ޔާމިން މިނިވަން ކުރުމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށާއި ނިންމުންތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

މުޒާހަރާތައް ފެށުމަށްފަހު ހައްޖުވިލޭރޭއިން ފެށިގެން މުޒާހަރާތައް ވަނީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް، އަލުން މުޒާހަރާތައް ފަށަން އުޅޭކަމަށް ދޭހެވާފަދަ މެސެޖެއްގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ. މުޒާހަރާތަކުގައި ގައިދުރުކަމެއްވެސް ބަހައްޓަމުން ނުދާއިރު، މުޒާހަރާގައި އާންމުން ބޭނުންކުރާ މާސްކްތައްވެސް މަގުމައްޗަށް އުކާފައި ހުންނަތައް މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

މުޒާހަރާ ބޭއްވި އެންމެ ފަހު ރޭ، ފުލުހެއްގެ ގަޔަށް ކުޅުޖެހި މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. އެއީ އިދިކޮޅު ކޯލިޝަންގެ އަމަލެއް ނޫންކަމަށް އިދިކޮޅުން ބުނަމުްނދާއިރު، އެއީ ފުލުހުންގެ ތެރެއިން ބަޔަކު ރާވައިގެން ކޮށްފައިވާކަމެއްކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: